އާލިޔާ ބަޓް ގަންގޫބާއީގެ ރޯލުގައި
ފިލްމްފެއާ އެވޯޑްސް: ގަންގޫބާއީ ކާތިއަވަޑައި 10 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށް އާލިއާ ބަޓް ލީޑް ރޯލް ކުޅެފައިވާ 'ގަންގޫބާއީ ކާތިއަވަޑައި' މި އަހަރުގެ ފިލްމްފެއާ އެވޯޑްސްގެ 10 އެވޯޑަކަށް ނޮމިނޭޓްވެއްޖެ އެވެ.
އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނު އެ ފިލްމު ވާދަކުރާ އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑު ހިމެނެ އެވެ.
ސަލްމާން ހާން ހޯސްޓްކުރަން ހަމަޖެހިފައިވާ 68 ވަނަ ފިލްމްފެއާ އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާންކުރި އިރު ވިވެކް އަގްނިހޯތުރީގެ 'ދަ ކަޝްމީރް ފައިލްސް' ހަ ކެޓެގެރީއަކުން ވާދަކުރެ އެވެ.
މި އަހަރު ގިނަ އެވޯޑުތަކަކަށް ނޮމިނޭޓްވި އެހެން ފިލްމުތަކުގެ ތެރޭގައި 'ބަދާއީ ދޯ' އާއި 'ބްރަހްމަސްތުރަ ޕާޓް ވަން: ޝިވާ' ވެސް ހިމެނެ އެވެ.
އެންމެ މޮޅު ފިލްމުގެ އެވޯޑަށް ވާދަކުރަނީ:
-
ބަދާއީ ދޯ
-
ބޫލް ބުލައިޔާ 2
-
ބްރަހްމަސްތުރަ ޕާޓް ވަން: ޝިވާ
-
ގަންގޫބާއީ ކާތިއަވަޑައި
-
ދަ ކަޝްމީރް ފައިލްސް
-
އުންޗާއީ
ސަލްމާންގެ ކޯ-ހޯސްޓުންގެ ގޮތުގައި އަޔުޝްމަން ކުރާނާ އާއި މަނީޝް ޕޯލް ފެންނާނެ ފިލްމްފެއާ އެވޯޑްސް ހަފްލާގައި ވިކީ ކޯޝަލް، ގޯވިންދާ، ޓައިގާ ޝްރޮފް އަދި ޖާންވީ ކަޕޫރު ފަދަ ގިނަ އަދަދެއްގެ ތަރިން ޕާފޯމެންސްތައް ހުށަހަޅައިދޭނެ އެވެ.
މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ބާއްވާ ހަފްލާ އޮންނާނީ އަންނަ ބުރާސްފަތިދުވަހުގެ ރޭގަ އެވެ.