ސަލްމާން ހާން

ސަލްމާން ހާން

ކިސީ ކާ ބާއީ ކިސީ ކީ ޖާން: ފާޑުކިޔަސް ދެވަނަ ދުވަހު އާމްދަނީ ރަނގަޅުވެ ސަލްމާންގެ ޝުކުރު

އެނަލިސްޓަކު ބުނިގޮތުގައި ފިލްމަށް ލިބުނު 'އާދަޔާހިލާފު' ކުރިއެރުމުން ދައްކައިދެނީ ސަލްމާންއަކީ ސުޕަސްޓާރެއްކަން
24 އޭޕްރީލު 2023
1

ބައެއް ކްރިޓިކުން ބުނާގޮތުގައި އެހާ ކަޑަ ފިލްމެއް ނެތެވެ. އަދި ފިލްމު ނެރުނު ދުވަހު ބަލަންދިޔަ މީހުން މަދެވެ. އެކަމަކު ސަލްމާން ހާން އާއި ޕޫޖާ ހެޖްގެ 'ކިސީ ކާ ބާއީ ކިސީ ކީ ޖާން' އަށް ދެވަނަ ދުވަހު ރަނގަޅު ތަރުހީބެއް ވަނީ ލިބިފަ އެވެ.

އެ ފިލްމު އެޅުވި ހުކުރު ދުވަހުގެ އާމްދަނީ 15.81 ކްރޯޑު ރުޕީސްގައި ހުރެފައި ހޮނިހިރު ދުވަހު 25.75 ކްރޯޑު ލިބި އެނަލިސްޓް ތަރަން އާދާޝް ސިފަކުރީ "އާދަޔާހިލާފު ކުރިއެރުމެއް"ގެ ގޮތުގަ އެވެ. އޭނާ ބުނިގޮތުގައި އެއިން ދައްކައިދެނީ ސަލްމާން ހާންގެ "ސުޕަސްޓާޑަމް" އެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި ފިލްމަށް ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް ތަރަން ލަފާކުރެ އެވެ.

ފިލްމު ބަލަންދާ މީހުން އިތުރުވުމާ ގުޅިގެން ސަލްމާން ވަނީ ޝުކުރުގެ ނޯޓަކާ އެކު އޭނާގެ ފޮޓޯއެއް އިންސްޓަގްރާމަށް ލައިފަ އެވެ. ފޭނުން އޭނާއަށް ދެމުން އަންނަ ލޯތްބާއި އެއްބާރުލުން އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.

ފަރްހާދު ސަމްޖީ ޑައިރެކްޓްކޮށްފައިވާ 'ކިސީ ކާ ބާއީ ކިސީ ކީ ޖާން' އިން ވެންކަޓޭޝް، ޝެހެނާޒް ގިލް އަދި ރާގަވް ވެސް ފެނެ އެވެ.

'ކިސީ ކާ ބާއީ ކިސީ ކީ ޖާން'ގެ ޓްރެއިލާ

ސަލްމާންގެ 'ބަޖްރަންގީ ބައިޖާން'ގެ ދެވަނަ ބައެއް ހަދާކަން ވަނީ އިއުލާންކޮށްފަ އެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ޖެކްލީން ފެނާންޑޭޒްއާ އެކު 'ކިކް 2' އަދި މި އަހަރު ނެރޭ ކެޓްރީނާ ކައިފް އާއި އޭނާގެ 'ޓައިގާ 3' ހިމެނެ އެވެ. ޝާހު ރުކް ހާންގެ 'ޕަޓާން'ގެ ހާއްސަ ފެނިލުމަކުން މި އަހަރު ސަލްމާން ފެނިފައިވެ އެވެ.

ކޮމެންޓް (1)

ކުޑަހޮއްކޮ

24 އޭޕްރީލު 2023
ބާއީމެން އެހެން ވައްޓައެއް ނުލެވޭނެ އަދި އައިސާރިޔާމެން އެންޓި ކެމްޕޭން ޖެއްސަސް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް