އަނަންޔާ ޕާންޑޭ އާއި ބާވްނާ ޕާންޑޭ

އަނަންޔާ ޕާންޑޭ

އަނަންޔާ ހުރީ ހުސްކޮށް ކަމަށް މަންމަ ބާވްނާ ބުނެފި

އޭނާ އަދިތިޔާ ރޯއީ ކަޕޫރުއާ ރައްޓެހިވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މިވީ ދޮގަކަށް
12 އޭޕްރީލު 2023

އަނަންޔާ ޕާންޑޭ އާއި އަދިތިޔާ ރޯއީ ކަޕޫރު ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަ އަނަންޔާގެ މަންމަ ބާވްނާ ޕާންޑޭ ދޮގުކޮށްފި އެވެ.

އަނަންޔާ އާއި އަދިތިޔާ އެކުގައި އިވެންޓުތަކެއްގައި އުޅެނިކޮށް ފެނިގެން، ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައި ވަނިކޮށް ބާވްނާ ބުނީ އަނަންޔާ ހުރީ ހުސްކޮށް ކަމަށެވެ.

ދެ އެކްޓަރުން މިދިޔަ މާޗް މަހު ލަކްމޭ ފެޝަން ވީކުގައި ޑިޒައިނަރު މަނީޝް މަލްހޯތުރާގެ ޝޯއަށް ވެސް އެކުގައި އެރި އެވެ.

ދަރިފުޅު މީހަކާ ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގުކޮށް ބާވްނާ ބުނީ ފިލްމީ ދާއިރާގައި ދެ މީހަކު އަޅުވާކިޔުމަކީ އާއްމު ކަމެއް ކަމަށާއި އޭގައި މައްސަލައެއް ނެތް ކަމަށެވެ. އޭނާ ދެން ބުނީ އެކްޓަރުންނަށް މިފަދަ ނޭދެވޭ ކަންކަމަށް ވުރެ އާއްމުންގެ ފަރާތުން ލިބޭ ލޯބި މާ ބޮޑު ކަމަށާއި އެހެންކަމުން ބޮޑަށް ސަމާލުކަންދޭންވީ ރަނގަޅު ކަންކަމަށް ކަމަށެވެ.

ނެޓްފްލިކްސްގެ ރިއަލިޓީ ސިލްސިލާ 'ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް' އިން ފެންނަ ބާވްނާ އީޓީ ޓައިމްސްއާ ވާހަކަދައްކަމުން ވަނީ ފިލްމީ ދާއިރާގައި މަސައްކަތްކުރުމާ ގުޅޭގޮތުން އަނަންޔާއަށް އޭނާ ދިން ނަސޭހަތަކީ ކޮބާކަން ވެސް ކިޔައިދީފަ އެވެ. ރަނގަޅު، ހުލްގު ހެޔޮ އަދި އެހެން މީހުންނަށް އިހުތިރާމްކުރާ މީހަކަށް ވުމަށާއި އަމިއްލަ ނަފްސަށް މާ ބާރުބޮޑުނުކޮށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރަން އަނަންޔާއަށް ބުނެދިން ކަމަށް ބާވްނާ ބުންޏެވެ.

ބާވްނާ އާއި ޗަންކީ ޕާންޑޭގެ ދަރި އަނަންޔާ އެންމެ ފަހުން ފެނިފައިވަނީ ވިކޭ ދެވެރަކޮންޑާއާ އެކު 'ލައިގާ' އިންނެވެ. އޭނާގެ 'ޑްރީމް ގާލް2،' 'ކޯ ގަޔޭ ހަމް ކަހާނ' އަދި ޑައިރެކްޓަރު ވިކްރަމަދިތުޔާ މޮތުވާނީގެ ފިލްމެއް ވެސް ކުރިއަށް އެބައޮތެވެ. އަނަންޔާއަކީ ޕްރައިމް ވީޑިއޯ ސީރީޒް 'ކޯލް މީ ބޭ'ގެ ވެސް ތަރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް