ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި ރިޗަޑް މެޑެން 'ސިޓަޑެލް' ސިލްސިލާގެ އިންޑިއާ ޕްރިމިއާގައި

ޕްރިޔަންކާގެ 'ސިޓަޑެލް' އަށް މުމްބާއީގައި ހާއްސަ ޕްރެމިއާއެއް

ޕްރިޔަންކާ އާއި ރިޗަޑް މެޑެންއާ އެކު ބޮލީވުޑްގެ ބައެއް ތަރިން ވެސް އެ ހަފްލާއިން ފެނުނު
6 އޭޕްރީލު 2023

ޕްރައިމް ވީޑިއޯގެ ސްޕައި ތުރިލާ ސިލްސިލާ 'ސިޓަޑެލް'ގެ ހާއްސަ ޕްރެމިއާއެއް މުމްބާއީގައި ބޭއްވި އިރު ޕްރިޔަންކާ ޗޯޕްރާ އާއި ރިޗަޑް މެޑެންއާ އެކު ބޮލީވުޑްގެ މަޝްހޫރު ބައެއް މީހުން ވެސް ބައިވެރިވެއްޖެ އެވެ.

'ބޮޑީގާޑް' އިން އަދި 'ގޭމް އޮފް ތުރޯންސް' އިން ރޮބް ސްޓާކްގެ ގޮތުގައި ފެނިފައިވާ ރިޗަޑް މެޑެން އާއި ޕްރިޔަންކާއާ އެކުގައި އެ ހަފްލާއިން ފެންނަ ފޮޓޯތަކަށް ފޭނުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.

ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި ރިޗަޑް މެޑެން 'ސިޓަޑެލް' ސިލްސިލާގެ އިންޑިއާ ޕްރެމިއާގައި

ޕްރެމިއާގައި ބައިވެރިވި ބޮލީވުޑް ތަރިންގެ ތެރޭގައި 'ސިޓަޑެލް'ގެ އިންޑިއާ ސްޕިންއޯފްގެ ލީޑުން ސަމަންތާ ރޫތު ޕްރަބޫއާ އެކު ފެންނާނެ ވަރުން ދަވަން އާއި ރޭކާ ހިމެނުނެވެ.

ވަރުން ދަވަން 'ސިޓަޑެލް' ސިލްސިލާގެ އިންޑިއާ ޕްރެމިއާގައި
ރޭކާ 'ސިޓަޑެލް'ގެ ޕްރެމިއާގައި ޕްރިޔަންކާއާ އެކު

ޕްރައިމް ވީޑިއޯގައި މި މަހު 28 ގައި ނެރެން ފަށާ 'ސިޓަޑެލް'ގެ ޕްރެމިއާ މުމްބާއީ އިން ފެށުމަށް ފަހު ރޯމް އާއި ލަންޑަނަށް ވެސް ދާނެ އެވެ.

ގިނަ ބަޔަކު އިންތިޒާރުކުރާ އެ ސިލްސިލާ އިނގިރޭސި ބަހުގެ އިތުރުން ހިންދީ، ތަމަޅަ، ޓެލޫގޫ، ކަންނާޑާ އަދި މަލަޔާޅަމް ބަހުން ވެސް 'ސިޓަޑެލް' ނެރޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް