ޑުވޭން ޖޯންސަން 'މޮއާނާ'ގެ ލައިވް އެކްޝަން ފިލްމެއް ހަދާކަން އިއުލާންކުރަނީ

ހޮލީވުޑް

'މޮއާނާ'ގެ ލައިވް އެކްޝަން ފިލްމެއް ހަދަނީ

މާއުއީގެ ގޮތުގައި ޑުވޭން ޖޯންސަން ފެންނާނެ
5 އޭޕްރީލު 2023

ޑިޒްނީގެ އެނިމޭޝަން 'މޮއާނާ'ގެ ލައިވް އެކްޝަން ފިލްމެއް ހަދަމުން އަންނަކަން އެ ފިލްމުގެ ތަރި ޑުވޭން ޖޯންސަން (ދަ ރޮކް) އިއުލާންކޮށްފި އެވެ.

އޭނާ ނިސްބަތްވާ ހަވާއީގެ އޮއާހޫގެ ޗާލު ގޮނޑުދޮށެއްގައި އޭނާގެ ދެ އަންހެން ދަރިންނާ އެކު ނަގާފައިވާ ވީޑިއޯއެއްގައި ޖޯންސަން ފާހަގަކުރިގޮތުގައި 'މޮއާނާ' ގައި ދައްކައިދެނީ ހަވާއީގެ ރަށްރަށުގެ ސަގާފަތެވެ.

ކްލެސިކަކަށް ވެގެންދިޔަ 2016ގެ އެނިމޭޓެޑް ފިލްމުގައި އޭނާ އަޑުއެޅި މާއުއީގެ ގޮތުގައި ޖޯންސަން ލައިވް އެކްޝަނުން ފިލްމުން ފެންނާނެ އެވެ. ޖޯންސަން ބުނިގޮތުގައި އޭނާ އެ ކެރެކްޓާ ތަމްސީލްކޮށްދެނީ މިހާރު މަރުވެފައިވާ އޭނާގެ ކާފަގެ ހަނދާނުގަ އެވެ.

އޮރިޖިނަލް ކާސްޓުގައި ދެން ތިބި މީހުން ލައިވް އެކްޝަން ފިލްމުން ފެނުމާ ބެހޭގޮތުން ޖޯންސަން ވަކި އެއްޗެކޭ ނުބުނެ އެވެ. އޭނާ ބުނީ ފިލްމު ހެދުމުގެ މަސައްކަތް އަދި އޮތީ ވަރަށް ކުރީކޮޅުގައި ކަމަށާއި ބައިވަރު ކަންކަން ކުރަން އެބަހުރި ކަމަށެވެ.

'މޮއާނާ'ގެ އެނިމޭޓެޑް ފިލްމު ބޮކްސް އޮފީހުގެ ހިޓަކަށްވެ، އެޅުވި ހުރިހާ ގައުމަކުން ޖުމްލަ 600 މިލިއަން ޑޮލަރު ހޯދި އެވެ.

ޑިޒްނީގެ އެހެން ބައެއް އެނިމޭޓެޑް ކްލެސިކްތައް ވެސް ކާމިޔާބުކަމާ އެކު ލައިވް އެކްޝަން ފިލްމުގެ ގޮތުގައި ނެރެފައިވެ އެވެ. އޭގެ ތެރޭގައި 2017ގެ 'ބިއުޓީ އެންޑް ދަ ބީސްޓް' އަދި 2019ގެ 'އެލާޑިން' އާއި 'ދަ ލަޔަން ކިންގް' ހިމެނެ އެވެ.

އަދި އެ ކުންފުނިން މިހާރު އަންނަނީ ހެލީ ބެއިލީ ކުޅެފައިވާ 'ދަ ލިޓްލް މާމެއިޑް'ގެ ލައިވް އެކްޝަން އަންނަ މަހު ނެރެން ތައްޔާރުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް