ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި ނިކް ޖޯނަސް ދެމަފިރިންގެ ދަރިފުޅު މާލްތީ މަރީ ގޮވައިގެން އިންޑިއާއަށް ގޮސް މުމްބާއީ އެއާޕޯޓުގެ ބޭރުގައި
ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި ނިކް ޖޯނަސް ދެމަފިރިންގެ ދަރިފުޅު މާލްތީ މަރީ ފުރަތަމަ ފަހަރަށް އިންޑިއާއަށް ގެންގޮސްފި އެވެ.
އެ އާއިލާ މުމްބާއީގެ ކަލީނާ އެއާޕޯޓުން އިއްޔެ ނުކުތް ވަގުތު ނަގާފައިވާ ފޮޓޯ އާއި ވީޑިއޯތައް ފެނި ފޭނުން ތިބީ އުފަލުންނެވެ.
ޕްރިޔަންކާ އާއި ނިކް ވަނީ މާލްތީ މަރީ ގޮވައިގެން ކުޑަކޮށް މަޑުކޮށްލައި ފޮޓޯ ނަގަން ފުރުސަތުދީފަ އެވެ.
ޕްރިޔަންކާ އާއި ނިކް އިންޑިއާއަށް ދިޔަ އެއް ބޭނުމަކީ ރޭ ބޭއްވި ނީތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރު ހުޅުވުމުގެ ހަފްލާގައި ބައިވެރިވުމެވެ. މަޝްހޫރު ގިނަ ބަޔަކު އެ ހަފްލާގައި ބައިވެރިވި އެވެ.
މާލްތީ މަރީ ޖޯނަސް އެންމެ ފުރަތަމަ އާއްމުކޮށް ދައްކާލީ ހޮލީވުޑް ވޯކް އޮފް ފޭމް އިން ޖޯނަސް ބްރަދާސްއަށް ޝަރަފު ދިނުމަށް މިދިޔަ ޖެނުއަރީ 30 ގައި ލޮސް އެންޖެލިސްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.