މީޑިއާނެޓުގެ ވީޑިއޯކްލަބު.
ދިވެހި ސީރީޒް 'ހިތް ކަލާއަށް އެދޭތީ' އާއި 'ލަފްޒު'ގެ ދެވަނަ ސީޒަން މި ހަފްތާގައި ނެރެނީ
ދިވެހި ސީރީޒް 'ހިތް ކަލާއަށް އެދޭތީ' އަންނަ އަންގާރަ ދުވަހު އަދި 'ލަފްޒު'ގެ ދެވަނަ ސީޒަން އަންނަ ބުދަ ދުވަހު މީޑިއާނެޓުގެ ވީޑިއޯކްލަބުން ރިލީޒްކޮށް، ފުރަތަމަ ތިން އެޕިސޯޑު ސްޓްރީމިންއަށް ދޫކޮށްލަން ނިންމައިފި އެވެ.
'ލަފްޒު'
ފުރަތަމަ ސީޒަންގެ ކާމިޔާބީއަށް ފަހު ލަފްޒުގެ ދެވަނަ ސީޒަން ވީޑިއޯކްލަބުން ރިލީޒްކުރާއިރު، މިއީ ވީޑިއޯކްލަބްގެ ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ދިވެހި ސީރީޒެވެ.
މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޑައިރެކްޓްކޮށް، 'ދެކެދެކެ' ވެސް ޕްރޮޑަކްޝަން އިން އުފައްދާފައިވާ މި ސީރީޒްގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހުނަރުވެރި އެކްޓަރުން ކަމަށްވާ:
-
މަރިޔަމް ޝިފާ
-
އަލީ އާޒިމް (ދޮން އައްޔަ)
-
އަހްމަދު ނިމާލް
'ހިތް ކަލާއަށް އެދޭތީ'
ވީޑިއޯކްލަބުން މުޅިން އަލަށް ރިލީޒްކުރާ ހިތް ކަލާއަށް އެދޭތީ އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް، މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށް، 'އެމްއީ ޕްރޮޑަކްޝަން' އިން އުފައްދާފައިވާ ލޯބީގެ ސީރީޒެކެވެ.
މި ސީރީޒްގެ ސްކްރީންޕްލޭ ބިނާކޮށްފައި ވަނީ ލޯތްބަށްޓަކާ މީހަކު ގިރާ ކުރާނެ ހަރުފަތްތައް އަދި ވާނެ ގުރުބާނީތަކުގެ މައްޗަށެވެ.
މި ތަފާތު ސީރީޒްގައި ޒުވާން ކާސްޓެއް އިސްކޮށް ހަރަކާތްތެރިވާ އިރު، އޭގެ ތެރޭގައި:
-
އަލީ އުސާމް (ދޮނާ)
-
މަރިޔަމް ސަނާ
-
މުހައްމަދު އީމާއު އަބްދުﷲ
-
އާމިނަތު ޝާނާ ސައީދު
-
މަރިޔަމް ޝަފާނާ ޝަމީމް (ދޮނީ)
އެނގުން މުހިންމު - 'ހިތް ކަލާއަށް އެދޭތީ' އަދި 'ލަފްޒު'ގެ ދެވަނަ ސީޒަން ނެރޭނީ:
-
މީޑިއާނެޓުގެ ވީޑިއޯކްލަބް
-
އެމްއެސް ޓީވީ
-
އެމްއެސް ލައިޓް
-
އެމްއެސް ޑިޖިޓަލް
ރިލީޒްކުރާ ދުވަސްތަކުގައި ދެ ސީރީޒްގެ ފުރަތަމަ އެޕިސޯޑު މި ހުރިހާ ޕްލެޓްފޯމަކުން ވެސް ހިލޭ ބަލާލެވޭނެ އެވެ.
ބޮޑު ސްކްރީނުން ވީޑިއޯކްލަބްގެ ހިދުމަތް ހޯދާ ފަރާތްތަކަށް:
-
ކޮންމެ އަންގާރަ ދުވަހެއްގައި 'ހިތް ކަލާއަށް އެދޭތީ'ގެ އާ އެޕިސޯޑެއް ބަލާލެވޭނެ
-
ކޮންމެ ބުދަ ދުވަހެއްގައިި 'ލަފްޒު'ގެ ދެވަނަ ސީޒަންގެ އާ އެޕިސޯޑެއް ބަލާލެވޭނެ
-
ބޮޑުސްކްރީނަށް ނެރޭތާ އެއް ހަފްތާ ފަހުން ފޯނުން ވީޑިއޯކްލަބްގެ ހިދުމަތް ހޯދާ ފަރާތްތަކަށް އާ އެޕިސޯޑެއް ބަލާލެވޭނެ
ވީޑިއޯކްލަބް މެދުވެރިކޮށް 'ހިތް ކަލާއަށް އެދޭތީ' އަދި 'ލަފްޒު'ގެ ދެވަނަ ސީޒަން ބެލުމަށް ms.medianet.mv މެދުވެރިކޮށް ވީޑިއޯކްލަބަށް ސަބްސްކްރައިބްކޮށްލެވޭނެ އެވެ.