ބީޓީއެސްގެ ޖިމިން

މިއުޒިކް

ބީޓީއެސްގެ ޖިމިން އަލަތު ސޯލޯ އަލްބަމް ނެރެފި

ހަ ލަވަ ހިމެނޭ އަލްބަމްގެ އެއް ލަވައިގެ ވީޑިއޯ ނެރެ މިހާރު ވެސް ވަނީ އެތަކެއް މިލިއަން ވިއުސް ހޯދައިފައި
25 މާރިޗު 2023

ބީޓީއެސް ބޭންޑުގެ މެމްބަރު ޖިމިން އޭނާގެ އަލަތު ސޯލޯ އަލްބަމް 'ފޭސް' ނެރެފި އެވެ.

އަލްބަމް ނެރެން އުޅޭ ކަމުގެ އިޝާރާތެއްގެ ގޮތުން ޖިމިން މީގެ ދުވަސްކޮޅެއް ކުރިން ވަނީ 'ސެޓް މީ ފްރީ، ޕާޓް 2'ގެ ނަންދީފައިވާ ސިންގަލްއެއް ރިލީޒްކޮށްފަ އެވެ.

ނަށާލަން ކަމުދާ އަވަސް ހަ ލަވަ ހިމެނޭ 'ފޭސް'ގެ ތިން ލަވައެއްގެ ސޯންގްރައިޓިން ކްރެޑިޓްސް ބީޓީއެސްގެ އާރްއެމް އަށް ދީފައިވެ އެވެ. ލަވަތަކުގެ ތެރޭގައި 'ލައިކް ކްރޭޒީ' އަދި 'ފޭސް-އޯފް' ހިމެނެ އެވެ.

ޖިމިން ވަނީ މި އަލްބަމް ޕްރޮމޯޓްކުރުމަށް 'ދަ ޓުނައިޓް ޝޯ ސްޓާރިން ޖިމީ ފެލަން'ގައި ބައިވެރިވެފަ އެވެ. އަދި އެ ޝޯގައި 'ލައިކް ކްރޭޒީ' ހުށަހަޅައިދިނެވެ.

އިތުރު ބައެއް އާޓިސްޓުންނާ އެކު ޖިމިން ލިޔެފައިވާ 'ލައިކް ކްރޭޒީ'ގެ ވީޑިއޯ ލަވަ ވެސް މިހާރު ވަނީ ޔޫޓިއުބުގައި ނެރެ، އެތަކެއް މިލިއަން ވިއުސް ހޯދައިފަ އެވެ.

'ލައިކް ކްރޭޒީ'

ދުނިޔޭގެ އެންމެ ބޮޑު އެއް ކޭ-ޕޮޕް ގްރޫޕް ބީޓީއެސްގެ މެމްބަރުން ދެކުނު ކޮރެއާގެ އަސްކަރިއްޔާގައި ހިދުމަތް ކުރުމަށް ބޭންޑް މެދުކަނޑާލައި މިފަހުން ނެރެމުން އަންނަނީ ސޯލޯ މަސައްކަތްތަކެވެ. އޭގެ ތެރޭގައި ޖޭ-ހޯޕްގެ 'ޖެކް އިން ދަ ބޮކްސް،' އާރްއެމްގެ 'އިންޑިގޯ' އަދި ޖިންގެ 'ދި އެސްޓްރޮނޯޓް' ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް