Majlis 2024

ކަންގަނާ ރަނާވަތު

ކަންގަނާ އުފަންދުވަހު އެންމެންގެ ކިބައިން މައާފަށް އެދިއްޖެ

ސޯޝަލް މީޑިއާގައި އަބަދުވެސް ކޮންމެވެސް މީހަކާ ދިމާކޮށްލައިގެން އުޅޭ ކަންގަނާ ބުނީ އެންމެންނާ މެދު ވެސް ހިތުގައި އޮތީ ކުލުނާއި ހެޔޮ އެދުންތައް ކަމަށް
24 މާރިޗު 2023

އިންޑަސްޓްރީގެ އެހެން މީހުންނަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔައި ދިމާކޮށްލައިގެން އުޅޭ ކަންގަނާ ރަނާވަތު އޭނާގެ 36 ވަނަ އުފަންދުވަހު އިއްޔެ މައާފަށް އެދިއްޖެ އެވެ.

އުފަންދުވަސް ފާހަގަކުރުމަށް އުދައިޕޫރުގައި ހުރި ކަންގަނާ ވަނީ ފެއްސާއި ފިޔާތޮށިކުލައިގެ ސާޅިއެއްގައި ނަލަހެދިލައިގެން އިނދެ ވާހަކަދައްކާ ވީޑިއޯއެއް އިންސްޓަގްރާމްގައި އާއްމުކޮށްފަ އެވެ.

މައިންބަފައިންނަށް ޝުކުރު އަދާކުރަމުން ވާހަކަ ފެށުމަށް ފަހު ކަންގަނާ އޭނާގެ "ދުޝްމަނުންނަށް" ވެސް ޝުކުރު އަދާކުރި އެވެ. އޭނާ ބުނީ ކިތަންމެ ވަރަކަށް ކާމިޔާބީ ހޯދިޔަސް ދުޝްމަނުން އޭނާ މަޑުޖެހުނަނުދޭ ކަމަށާއި ކާމިޔާބީގެ ރާސްތާގައި އޭނާ އަބަދުވެސް ބެހެއްޓީ ތައްޔާރީ ހާލަތެއްގައި ކަމަށެވެ.

"އެ މީހުންނަށް އަހަރެން އަބަދުގެއަބަދަށް ޝުކުރުވެރިވާނަން،" ކަންގަނާ ބުންޏެވެ.

ދެން އޭނާ އަލިއަޅުވާލީ ސޯޝަލް މީޑިއާގައި އޭނާ އުޅޭ ގޮތުގެ މައްޗަށެވެ. ކަންގަނާ ބުނީ އޭނާގެ އުޅުމާއި ވިސްނުން ސާދާ ކަމަށާއި އަބަދުވެސް އެދެނީ އެންމެންނަށް ރަނގަޅު ގޮތްވުން ކަމަށެވެ.

"އެހެންވީމާ ގައުމުގެ ހާލަތު ރަނގަޅުކުރުމާ ބެހޭގޮތުން އަހަރެން ދައްކާފައިވާ ވާހަތަކުގައި މީހަކަށް ދެރަ ބަހެއް ބުނެވިފައި އޮތް ނަމަ މައާފަށް އެދެން،" ކަންގަނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެންމެންނާ މެދު ވެސް ހިތުގައި އޮތީ ކުލުނާއި ހެޔޮ އެދުންތައް ކަމަށެވެ.

މީގެ ދެތިން ދުވަސް ކުރިން ވެސް ޓްވިޓާގައި މީހަކާ ދިމާކޮށްލައިގެން އުޅުނު ކަންގަނާގެ ފާޑުކިޔުން އަމާޒުވެފައިވާ މީހުންގެ ތެރޭގައި އާލިއާ ބަޓް، ސްވަރާ ބާސްކަރު، އާމިރު ހާން އަދި ތާޕްސީ ޕަންނޫ ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް