ކިއާރާ އަދުވާނީ ޑަބްލިޔުޕީއެލް ހުޅުވުމުގެ ރަސްމިއްޔާތުގައި ނެށުމެއް ހުށަހަޅައިދެނީ

ބޮލީވުޑް

ޑަބްލިޔުޕީއެލްގެ ފެށުން ކިއާރާ އަދުވާނީ، ކްރިތީ ސަނޯން އަދި އޭޕީ ދިލަންގެ ހުށަހެޅުންތަކުން

ނެށުމާއި ލަވައިގެ ފޯރިގަދަ ޕާފޯމެންސްތަކެއް ފެނުނު
5 މާރިޗު 2023

އިންޑިއާ ކްރިކެޓްގެ އަންހެނުންގެ ޕްރިމިއާ ލީގު (ޑަބްލިޔުޕީއެލް) ފެށުމަށް މުމްބާއީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކިއާރާ އަދުވާނީ އާއި ކްރިތީ ސަނޯން އަދި އޭޕީ ދިލަންގެ ފޯރިގަދަ ހުށަހެޅުންތަކެއް ދައްކާލައިފި އެވެ.

ކިއާރާ ވަނީ ވިކީ ކޯޝަލް އާއި އޭނާގެ ފިލްމު 'ގޯވިންދާ ނާމް މޭރާ'ގެ ލަވަ 'ކިޔާ ބާތު ހޭ 2.0' އަށް ނެށުމެއް ހުށަހަޅައިދީފަ އެވެ.

ކްރިތީ ސަނޯން ޑަބްލިޔުޕީއެލް ހުޅުވުމުގެ ރަސްމިއްޔާތުގައި ނެށުމެއް ހުށަހަޅައިދެނީ

ކްރިތީ ނެށީ އޭނާގެ އެންމެ ފަހުގެ ފިލްމު 'ބޭޅިޔާ'ގެ 'ތުމްކޭޝްވަރީ' އަށެވެ. އަދި ލަވަކިޔުންތެރިޔާ އޭޕީ ދިލަން އޭނާގެ ހިޓް ލަވަތައް ހުށަހަޅައިދިނެވެ.

އޭޕީ ދިލަން ޑަބްލިޔުޕީއެލް ހުޅުވުމުގެ ރަސްމިއްޔާތުގައި ލަވަކިޔަނީ
ޑަބްލިޔުޕީއެލް ހުޅުވުމުގެ ރަސްމިއްޔާތު

ތިން ތަރިންނާ އެކު، ކްރިކެޓް ބޯޑުގެ އޮފިޝަލުންނާއި މުބާރާތުގައި ވާދަކުރާ ފަސް ޓީމުގެ ކެޕްޓަނުން ސްޓޭޖުމަތީ ޓްރޮފީ ދައްކާލުން އޮތެވެ.

ޑަބްލިޔުޕީއެލްގައި ވާދަކުރާ ޓީމުތަކުގެ ކެޕްޓަނުން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރޮފީއާ އެކު

ޑަބްލިޔުޕީއެލްގައި 23 ދުވަސް ތެރޭ 20 ލީގު މެޗާއި ދެ ޕްލޭއޯފް ކުޅޭނެ އެވެ. ނާވީ މުމްބާއީ ސްޓޭޑިއަމްގައި އިއްޔެ ފެށި ފުރަތަމަ މެޗަށް ނުކުތީ ގުޖުރާތު ޖަޔަންޓްސް އާއި މުމްބާއީ އިންޑިއަންސް އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހު 26ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް