ކާރްތިކް އާރްޔަން 'ބޫލް ބުލައްޔާ 3' އިއުލާންކުރުމަށް އޭނާގެ ކެރެކްޓާ ރޫހު ބާބާގެ ގޮތުގައި

ކާރްތިކް 'ބޫލް ބުލައްޔާ 3' އިއުލާންކޮށްފި

ކާރްތިކް އެ ހަބަރު ދިނީ އޭނާ ރޫހު ބާބާގެ ގޮތުގައި ފެންނަ ވީޑިއޯއަކުން
2 މާރިޗު 2023

ކާރްތިކް އާރްޔަން ރޫހު ބާބާގެ ގޮތުގައި އެނބުރި އަނެއްކާވެސް އަންނަން ތައްޔާރުވެއްޖެ އެވެ. 'ބޫލް ބުލައްޔާ'ގެ ދެވަނަ ފިލްމުގެ ކާމިޔާބީ އަށް ފަހު ތިންވަނަ ފިލްމު އަންނަ އަހަރުގެ ފަހުކޮޅު ނެރޭނެކަން ކާރްތިކް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

ކާރްތިކް ސޯޝަލް މީޑިއާގައި އެކަން ހާމަކުރީ ރޫހު ބާބާގެ ކެރެކްޓާގައި، 'ބޫލް ބުލައްޔާ 2' އިން މަޝްހޫރުވި އޭނާގެ ޑައިލޮގު ހުށަހަޅައިދޭ ވީޑިއޯއަކާ އެކު އެވެ.

މި ހަބަރާ އެކު 'ބޫލް ބުލައްޔާ'ގެ ފޭނުން އަންނަނީ އުފާފާޅުކުރަމުންނެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކޮށް ބޫޝަން ކުމާރުގެ ޓީ-ސީރީޒް އާއި ސިނެ1 ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރި 'ބޫލް ބުލައްޔާ 2' އަށް ކްރިޓިކުންނާއި ބެލުންތެރިންގެ ތައުރީފް ލިބި ދުނިޔޭގެ އާމްދަނީ 230.75 ކްރޯޑު ރުޕީސްއަށް އެރި އެވެ.

ކާރްތިކްގެ އިތުރުން ތައްބޫ، ރާޖްޕަލް ޔަދާވް، ސަންޖޭ މިޝްރާ އަދި ކިއާރާ އަދުވާނީ ވެސް އެ ފިލްމުން ފެނުނެވެ.

'ބޫލް ބުލައްޔާ 3' ރިލީޒްކުރާނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށެވެ. އެއީ އޮކްޓޯބަރު ނިމި ނޮވެމްބަރު ފެށޭ ހިސާބެވެ.

ކާރްތިކް 'ބޫލް ބުލައްޔާ 3' އިއުލާންކުރި ވީޑިއޯ

އިތުރު އާޓިކަލް

އިތުރު އާޓިކަލް