ކާރްތިކް އާރްޔަން ފިލްމު 'ބޫލް ބުލައްޔާ 2'ގެ މަންޒަރެއްގައި

ކާރްތިކް އަލަތު އެވޯޑާ އެކު އުފަލުން: 'ކެތްތެރިކަމުގެ މޭވާ ފޮނި'

އޭނާ ޒީ ސިނެ އެވޯޑްސްގެ އެންމެ މޮޅު ފިރިހެން ލީޑް އެކްޓަރުގެ އެވޯޑް ގެންދިޔައީ 'ބޫލް ބުލައްޔާ 2' އިން
28 ފެބްރުއަރީ 2023

ފުރަތަމަ ފަހަރަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިގެން ކާރްތިކް އާރްޔަން އަންނަނީ އުފާފާޅުކުރަމުންނެވެ.

އާދީއްތަ ދުވަހުގެ ރޭ މުމްބާއީގައި ބޭއްވި ޒީ ސިނެ އެވޯޑްސް ހަފްލާގައި ކާރްތިކް އެ އެވޯޑް ގެންދިޔައީ މިިދޔަ އަހަރުގެ 'ބޫލް ބުލައްޔާ 2' ގައި ދައްކައިދިން ރޯލުންނެވެ.

ކާރްތިކް ވަނީ އެވޯޑު ހިފައިގެން ހުރި ފޮޓޯއެއް އިންސްޓަގްރާމަށް ލައި، ފިލްމު އުފެއްދި ޓީމަށާއި އޯޑިއެންސަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާ ދެން ބުނީ "ކެތްތެރިކަމުގެ މޭވާ ފޮނި" ކަމަށެވެ. އަދި އޯޑިއެންސް މުނިފޫހިފިލުވައިދިނުމުގައި ދެމިހުންނާނެ ކަމަށް ވައުދުވި އެވެ.

ޒީ ސިނެ އެވޯޑްސްގައި ކާރްތިކް އެންމެ މޮޅު ފިރިހެން ލީޑިން އެކްޓަރުގެ އެވޯޑު ހޯދި އިރު، އެންމެ މޮޅު އަންހެން ލީޑް އެކްޓަރުގެ އެވޯޑް ގެންދިޔައީ 'ގަންގޫބާއީ ކާތިއަވަޑައި' އިން އާލިއާ ބަޓް އެވެ.

އާލިއާ، ކާރްތިކް އާއި އަނޫޕަމް ކޭރް އަދި ވިވެކް އަގްނިހޯތުރީއާ އެކު ނަގާފައިވާ ފޮޓޯއެއް ލައި، އެ ތިން މީހުންނަކީ "މެން އޮފް ދަ މޯމެންޓް"ގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ކާރްތިކް އެންމެ ފަހުން ފެނިފައިވަނީ މި މަހު 17ގައި ރިލީޒްކުރި 'ޝެހެޒާދާ' އިންނެވެ. ކްރިޓިކުން މަސްހުނި ރިވިއުތަކެއް ދީފައިވާ އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބި، އާމްދަނީ އުޅެނީ ދަށްކޮށެވެ.

ކާރްތިކްގެ އިންސްޓަގްރާމް ޕޯސްޓް

އިތުރު އާޓިކަލް

އިތުރު އާޓިކަލް