'ހައްޔަރު'ގެ ޕޯސްޓަރު.

މީޑިއާނެޓް

މީޑިއާނެޓުގެ ވީޑިއޯކްލަބްއިން 'ހައްޔަރު' ދައްކަން ފަށައިފި

ފުރަތަމް ދެ އެޕިސޯޑު ހިލޭ ބަލާލެވޭނެ
18 ފެބްރުއަރީ 2023

މީޑިއާނެޓުގެ ވީޑިއޯކްލަބުން ޑްރާމާ ސީރީޒް 'ހައްޔަރު' އިއްޔެ ރިލީޒްކޮށް، ފުރަތަމް ދެ އެޕިސޯޑު ހިލޭ ސްޓްރީމިންއަށް ދޮކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ޖުމްލަ 15 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ، މި ސަސްޕެންސް ތްރިލާ އުފައްދާފައިވަނީ ވީޑިއޯލަބްގައި ބެލުންތެރިންގެ މަަގުބޫލުކަން ހޯދާފައިވާ ދިވެހި ފިލްމް 'ހެހެސް'ގެ އުފެއްދުންތެރިން ކަމަށްވާ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެންނެވެ.

ތަފްސީލް - ހުނަރުވެރި އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ މޮޅު ސްކްރީންޕްލޭ ބިނާކޮށްފައިވަނީ، ފައިސާގެ ދަހިވެތިކަމަށް މީހަކު ހައްޔަރު ކުރުމަށް ރާވައި ހިންގުމުގައި ދިމާވާ އެކި ހާދިސާތަކުގެ މައްޗަށެވެ. މި ތަފާތު ސީރީޒް ޕްރޮޑިއްސަރުންގެ ގޮތުގައި އިސްމާއީލް ޝަފީގާއި ފާތުމަތު ފަރީލާ މަސައްކަތްކޮށްފައިވެ އެވެ.

'ހައްޔަރު'ގައި އިސްކޮށް ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި:

  • މި ސީރީޒް ޑައިރެކްޓް ވެސް ކޮށްފައިވާ ޔޫސުފް ޝަފީއު (ޔޫއްޕެ) 

  • ފިލްމީ ދާއިރާއަށް މުޅިން އާ މޫނެއް ކަމަށްވާ ޝިއުރަތު އަބްދުﷲ 

  • އަލީ އާޒިމް (ދޮން އައްޔަ) 

  • ލެޖެންޑަރީ އެކްޓަރު އަހުމަދު ނިމާލް 

  • ސުޖީތާ އަބްދުﷲ 

  • އިބްރާހިމް ރަޝީދު އަހުމަދު ޒިއާ

ދިވެހި ސީރީޒް 'ހައްޔަރު' ބެލުމަށް:

  • ވީޑިއޯ ކްލަބް 

  • އެމްއެސްޓީވީ 

  • އެމްއެސް ލައިޓް  

  • އެމްއެސް ޑިޖިޓަލް 

މި ހުރިހާ ޕްލެޓްފޯމަކުން ވެސް ފުރަތަމަ ދެ އެޕިސޯޑު ހިލޭ ބަލާލެވޭނެ އެވެ. ބޯޑު ސްކްރީނުން ވީޑިއޯކްލަބްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ކޮންމެ ބުރާސްފަތި ދުވަހެއްގައި އާ އެޕިސޯޑު ބަލާލެވޭނެ އެވެ. އަދި ބޮޑުސްކްރީނަށް ނެރޭތާ އެއް ހަފްތާ ފަހުން ފޯނުން ވީޑިއޯކްލަބްގެ ހިދުމަތް ހޯދާ ފަރާތްތަކަށް އާ އެޕިސޯޑު ބަލާލެވޭނެ އެވެ.

ގުޅުން ހުރި ކަމެއް - ވީޑިއޯކްލަބްއިން 'ހައްޔަރު' ރިލީޒްކުރި މި ދަނޑިވަޅަކީ ވީޑިއޯކްލަބަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި އެނިވާސަރީ ޕްރޮމޯޝަނެއް ކުރިއަށްގެންދާ ދުވަސްކޮޅެކެވެ. އެގޮތުން:

  • މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އަންނަ މަހުގެ 21ގެ ނިޔަލަށް

  •  ވީޑިއޯކަލަބަށް ސަބްސްކަރައިބްކޮށްގެން ބައިވެރިވެވޭނެ 

  • ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތް ހޮވާނެ 

  • ޖުމްލަ ފަސް ނަސީބުވެރި ފަރާތް ހޮވާނެ 

  • ނަސީބުވެރި ފަރާތްތަކަށް އިތުރު ބައިވެރިއަކާ އެކު، ދެ ދުވަހަށް މާލެ އަތޮޅުގެ ގެސްޓްހައުސްއެއްގައި ހިލޭ ހުރުމާއި ކެއުން އަދި ދެކޮޅު ޓްރާސްފާ ލިބޭނެ

އެނގުން މުހިންމު - ވީޑިއޯކްލަބް މެދުވެރިކޮށް 'ހައްޔަރު' ބެލުމަށް އަދި ވީޑިއޯކްލަބް އެނިވާސަރީ ޕްރޮމޯގައި ބައިވެރިވުމަށް ms.medianet.mv މެދުވެރިކޮށް ވީޑިއޯ ކްލަބަށް ސަބްސްކްރައިބްކޮށްލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް