ޝިއާއު މުހައްމަދު ސައީދު: އޭނާގެ ހަނދާނުގައި ބައިސްކޯފުން ވަނީ އަލްބަމެއް ނެރެފައި (ފޮޓޯ/ޝިއާއުގެ ފޭސްބުކް ޕޭޖު)

މިއުޒިކް

ޝިއާއުގެ ހަނދާނުގައި ހަމްބަލް ބަކަރިގެ 'އަނިޔާ'

ބައިސްކޯފުން ނެރުނު މި އަލްބަމްގެ ތިން ލަވައެއްގައި ޝިއާއުގެ އަޑު ހިމެނޭ
4 ފެބްރުއަރީ 2023
2

މުހިންމު ނުކުތާތައް

އަނިޔާވެރި ގޮތަކަށް މިދިޔަ އޮގަސްޓްގައި މަރާލުމުގެ ކުރިން ޝިއާއު އައީ ހަމްބަލް ބަކަރިއާ އެކު މި އަލްބަމްގެ މަސައްކަތް ކުރަމުން

ލަވަތައް ކިޔާފައިވަނީ އަލްބަމް ޕްރޮޑިއުސްކުރި މޫސާ އާދަމް މަނިކު (ކޭޖޭ)

ނުވަ ލަވަ ހިމެނޭ އަލްބަމް ބައިސްކޯފުގެ އެޕުން ސްޓްރީމް ކޮށްލެވޭނެ

"އަރަމުން އައި ތަރިއެކޭ

އުދަރެހުން ގެއްލުނީ

ވިދަމުން އައި އަލިކަމެއް

މުޅި އުމުރަށް ވަކި މިވީ"

މިއީ ބައިސްކޯފުގެ ބޭންޑް ހަމްބަލް ބަކަރި އިން މިދިޔަ ހަފްތާގައި ނެރުނު 'އަނިޔާ' އަލްބަމްގެ ލަވަ 'ތަރި'ގެ ކަޑި އެކެވެ.

މި އަލްބަމް ހާއްސަކޮށްފައިވަނީ މާލޭގެ ގެއެއްގެ ތެރޭގައި މިދިޔަ އޮގަސްޓް މަހު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ ހަނދާނަށެވެ. 

'އަނިޔާ' އަލްބަމް ނެރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ބައިސްކޯފުގައި ބޭއްވި އިވެންޓްގެ ތެރއިން (ފޮޓޯ/ބައިސްކޯފު)

އަލްބަމްގައި ނުވަ ލަވަ ހިމެނެ އެވެ.  'ތަރި' އަދި 'ވައިކޮޅު' މިއީ ޝިއާއުގެ މަރަށް ފަހު އޭނާ އަށް ހާއްސަކޮށްފައިވާ ދެ ލަވަ އެވެ.

އަލްބަމްގެ ލަވަތައް ކިޔާފައިވަނީ މޫސާ އާދަމް މަނިކު (ކޭޖޭ) އެވެ.

އަލްބަމް ޕްރޮޑިއުސްކޮށް ލަވަކިޔާފައިވާ މޫސާ އާދަމް މަނިކު (ކ) އަލްބަމް ރިލީޒްކުރުމުގެ އިވެންޓްގައި ބައިވެރިވަނީ (ފޮޓޯ/ބައިސްކޯފު)

ލަވަތަކުގެ ޅެން ހަދާފައިވަނީ ހަމްބަލް ބަކަރި އެވެ. އެ ބޭންޑުގެ ޅެންތަކުގެ ތަފާތަކީ ބުނަން ބޭނުންވާ އެއްޗެއް ވީހާ ވެސް ތިލަކޮށް ބުނުމެވެ. މި ލަވަތައް ޖަހާލައި އަޑުއާހަލުމުން އެކަން ފާހަގަ ވާނެ އެވެ.

'އަނިޔާ' އަލްބަމްގެ ޓްރެއިލާއެއް

އުމުރުން 22 އަހަރުގައި މަރުވުމުގެ ކުރިން ޝިއާއު ގެންދިޔައީ ހަމްބަލް ބަކަރިއާ އެކު ޖޭމް ސެޝަންތަކުގައި ބައިވެރިވަމުންނެވެ.

ބައިސްކޯފުން ބުނި ގޮތުގައި ޝިއާއުގެ ކުއްލި މަރުގެ ކުރިންސުރެ އޭނާއާ އެކު މި އަލްބަމްގެ މަސައްކަތް އަައީ ކުރަމުންނެވެ. އޭނާގެ މަރާ ގުޅިގެން މަސައްކަތް މެދުކަނޑާލި ނަމަވެސް، ޝިއާއުގެ ހަނދާން ދިރުވުމަށްޓަކައި، މަސައްކަތް އަލުން ކުރިއަށް ގެންގޮސް، އަލްބަމް ނެރުނީ ކަމަށް އެ ތަނުން ބުންޏެވެ.

ޝިއާއުއާ އެކު ލަވަ ޕްރެކްޓިސް އިރުގެ ވީޑިއޯ އާއި އޯޑިއޯ ހުރުމުން، އަލްބަމްގެ ޕްރޮޑިއުސަރު އަދި ވޯކަލިސްޓް ކޭޖޭ ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ޝިއާއުގެ އަޑު ވަކިކޮށްގެން އަލްބަމްގެ ތިން ލަވައެއްގައި ހިމަނާފަ އެވެ.

'އަނިޔާ' އަލްބަމްގެ ކަވާ އާޓް

އަލްބަމްގައި ހިމެނެނީ މަޑުމައިތިރި ރާގުތަކެކެވެ. ހަމަޖެހިލައިގެން މި ލަވަތައް އަޑުއަހާލައިފި ނަމަ ޅެންތަކުން ފުން އަސަރުތަކެއް ކުރެ އެވެ. އާއްމުކޮށް އަޑުއިވޭ ދިވެހި ލަވަތަކާ ތަފާތުކޮށް، އަލްބަމްގެ ނަމާ އެއްގޮތަށް، ލަވަތަކުގައި ޑާކް ވައިބެއް ވެސް ހުރެ އެވެ. މި ލަވަތަކުން ނަފްސާނީ މައްސަލަތައް، ދިރިއުޅުން، އަނިޔާ އަދި މަރު ސިފަކޮށްދެ އެވެ.

ބައިސްކޯފުގެ އެޕުން މިހާރު ލަވަތައް ސްޓްރީމް ކުރެވޭނެ އެވެ.

ކޮމެންޓް (2)

ަސދށށާ

6 ފެބްރުއަރީ 2023
މަރުވީމަވެސް ކައްވަޅުގައި ހަރާންކަންތައް ކުރުވަނީތަ. ދޫކޮށްލަބަ އެ މަންޖެ. ހަނދާނޭ ކިޔާގެން އެ މަންޖެގެ ނަމުގައި ނުބައިކަންތައް ނުކޮށްބަލަ.
7 0

އިންސާނާ

4 ފެބްރުއަރީ 2023
ބަކަރިއޭ؟؟ ޔޫމީން ގޯޓް؟
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް