އާރުއެމް

ބީޓީއެސް

ްއާރުއެމްގެ އާ އަލްބަމް ބިލްބޯޑް ޓޮޕް 200ގެ ގަދަ ތިނަކަށް

ބީޓީއެސް ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރުން މެދުކަނޑާލި ނަމަވެސް އެ ގްރޫޕުގެ އާޓިސްޓުން ދަނީ އެމީހުންގެ އަމިއްލަ މަސައްކަތްތައް ކުރަމުން
29 ޑިސެމްބަރު 2022

ކޮރެއާގެ ބޯއީ ބޭންޑު، ބީޓީއެސްގެ ލީޑަރު އާރު އެމް އެންމެ ފަހުން ރިލީޒް ކުރި އޭނާގެ ސޯލޯ އަލްބަމް 'އިންޑިގޯ' ބިލްބޯޑް ޓޮޕް 200 ޗާޓުގެ ގަދަ ތިނެއްގައި ހިމެނިއްޖެ އެވެ.

މިއީ ކޮރެއާގެ އާޓިސްޓެއްގެ ސޯލޯ އަލްބަމެއް އެ ލިސްޓުގެ ގަދަ ތިނެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ.

އަލްބަމަށް އޮތް ތަރުހީބު ބޮޑުވި އެއް ސަބަބަކީ މި މަހުގެ 16 އިން ފެށިގެން އަލްބަމްގެ ސީޑީ ވިއްކަން ފެށުމެވެ. އެ އަލްބަމް އާންމުކޮށް ރިލީޒް ކުރުމުގެ 10 ދުވަސް ކުރިން ސީޑީ ވިއްކަން ފެށިއިރު މި މަސް ނިމޭއިރު ވެސް ލިސްޓުގެ ގަދަ ތިނެއްގައި އަލްބަމް އޮންނާނެ އެވެ.

ބީޓީއެސް ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރުން މެދުކަނޑާލި ނަމަވެސް އެ ގްރޫޕުގެ އާޓިސްޓުން ދަނީ އެމީހުންގެ އަމިއްލަ މަސައްކަތްތައް ކުރަމުންނެވެ. ގްރޫޕުގެ މަސައްކަތް މެދުކަނޑާލީ މެންބަރުން އަސްކަރީ ހިދުމަތް ފުރިހަމަ ކުރުމަށެވެ. އެއަށް ފަހު 2025 ގައި އެ ގްރޫޕުގެ މަސައްކަތްތައް އަލުން ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ބީޓީއެސްގެ މައްޗަށް އުފައްދާފައިވާ ފިލްމެއް އަންނަ އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް