ކިއާރާ އާއި ސިދާތު

ބޮލީވުޑް

ކިއާރާ އާއި ސިދާތު އަންނަ މަހު ކައިވެނިކުރަނީ

ބޮޑަށް ބެލެވެނީ މި ކައިވެނި ކުރިއަށް ދާނީ ގާތް ރައްޓެހިންނާއި އާއިލާ މީހުން ބައިވެރިިކޮށްގެން ކަމަށް
3 ޖެނުއަރީ 2023

ބޮލީވުޑްގައި މިހާރު އެންމެ އިންތިޒާރު ކުރެވެނީ ކިއާރާ އަދަވާނީ އާއި ސިދާތު މަލޯތުރަގެ ކައިވެންޏަށެވެ. ކޮފީ ވިތު ކަރަންގެ އެންމެ ފަހު ސީޒަންގައި އެ ދެ މީހުން ވެސް ވަނީ ކައިވެނި ކުރަން ތައްޔާރުކަން ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ. މީގެ ކުރިން ސިއްރު ސިއްރުން އުޅުނު ނަމަވެސް ސިދާތާއި ކިއާރާ މިހާރު އާންމު ތަންތަނުގައި އެކީ ފެނެ އެވެ. 

ރިޕޯޓުަތައް ބުނާ ގޮތުން 6 ފެބްރުއަރީއަކީ 'ސިދްކިއާރާ'ގެ ކައިވެނި ކުރާނެ ދުވަހެވެ. 4-5 ފެބްރުއަރީގައި ކައިވެންޏާ ގުޅޭ އެހެންް ރަސްމިއްޔާތުތަކާއި ހަފްލާތައް ބާއްވަން ނިންމާފައިވާއިރު ކައިވެނި ކުރާނީ ރާޖިސްތާނުގެ ޖައިސަލްމަރުގައި ކަމަށްވެ އެވެ.

ކިއާރާ އާއި ސިދާތު، އާ އަހަރު ފަހަގަކުރީ ދުބާއީގަ އެވެ. ކަރަން ޖޯހަރާއި މަނީޝް މަލޯތުރާއާ އެކު އާ އަހަރު ޕާޓީގައި އެ ދެ މީހުން ތިބި ފޮޓޯތައް މަނީޝްގެ ސޯޝަލް މީޑިއާގައި އާންމުކުރި އިރު ސިދާތާއި ކިއާރާގެ ފޭނުން ވަނީ އެ ފޮޓޯތަކަށް ކޮމެންޓުކޮށްފަ އެވެ.

ބޮޑަށް ބެލެވެނީ މި ކައިވެނީގެ ރަސްމިއްޔާތުތައް ކުރިއަށް ދާނީ ވަރަށް ގާތް ރައްޓެހިންނާއި އާއިލާ މީހުން ބައިވެރިިކޮށްގެން ކަމަށެވެ.

ކިއާރާ ބުނީ އޭނާއާ ސިދާތު އެންމެ ފުރަތަމަ ދިމާވީ 2018 ވަނަ އަހަރު ކަމަށެވެ. 'ލަސްޓް ސްޓޯރީސް'ގެ ރެޕް އަޕް ޕާޓީ އިން ދިމާވި ފަހުން ދެ މީހުން އެކުގައި ފިލްމު 'ޝޭޜްޝާހު'ގެ މަސައްކަތް ކުރީ 2020ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް