ސިދާތު އަދި ރަޝްމިކާ

ނެޓްފްލިކްސް

'މިޝަން މަންޖޫ'ގެ ޓީޒާ ދައްކާލައިފި

ފިލްމުން ފެންނާނީ 1970ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގާފައިވާ ކަންތައްތަކެއް އަސްލަކަށް ބަލައިގެން ގެނެސްދޭ ވާހަކައެއް
18 ޑިސެމްބަރު 2022

ނެޓްފްލިކްސް އިން ސްޓްރީމު ކުރާނެ ތުރިލާ ފިލްމު 'މިޝަން މަންޖޫ'ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ޓްރެއިލާ ނެރުނީ އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އިންޑިއާ ގޭޓް މޮނިއުމެންޓު ކައިރީގައި ބޭއްވި އިވެންޓެއްގަ އެވެ.

މި ފިލްމުގެ ތަރިންގެ ތެރޭގައި ސިދާތު މަލޯތުރާ އާއި ވިޖޭ ދިވާސް އަދި ރަޝްމިކާ މަންޑާނާ ހިމެނެ އެވެ.

ފިލްމުން ފެންނާނީ 1970ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގާފައިވާ ކަންތައްތަކެއް އަސްލަކަށް ބަލައިގެން ގެނެސްދޭ ވާހަކައެކެވެ. އެގޮތުން އިންޑިއާ އަށް އަމާޒުކޮށްގެން ޕާކިސްތާނުން ދޭން އުޅުނު ނިއުކުލިއާ ހަމަލާއެއް ހުއްޓުވަން ކުރި މަސައްކަތް ފެނެ އެވެ.

ފިލްމުގައި ސިދާތު ފެންނާނީ އިންޑިއާގެ ޖާސޫސީ އިދާރާ، ރިސާޗު އެންޑް އެނަލިސިސް ވިންގް (ރޯ)ގެ އެޖެންޓެއްގެ ރޯލުންނެވެ. އޭނާ ބުނީ މިފަދަ ރޯލެއް ކުޅެން ލިބުމަކީ ފަހުރެއް ކަމަށާއި އިންޑިއާގެ ދިފާއުގައި މަސައްކަތް ކުރި ބަތަލުންގެ ވާހަކަ ކިޔައިދޭ ފިލްމެއް ކުޅުމަކީ ކެރިއަރުގައި ފާހަގަ ކުރެވޭ މަސައްކަތަކަށް ވެއްޖެ ކަމަށެވެ.

މިއީ ސިދާތުގެ ފުރަތަމަ ނެޓްފްލިކްސް ފިލްމެވެ. ފިލްމު ސްޓްރީމު ކުރަން ފަށާނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް