ކަރީނާ އާއި ވިވެކް

ބޮލީވުޑް

ކޮލެޖުގައި ކަރީނާގެ ހާޒިރީ ހަމައަކަށް އަޅުވައިދިނީ ވިވެކް

ވިވެކް ބުނީ ދެ މީހުން އެކުގައި ފިލްމުތަކުގައި މަސައްކަތް ކުރި އިރު ކަރީނާ އަށް އެކަން ހަނދާންކޮށްދީ އެކަމާ ހީނހެދި ކަމަށް
24 ޑިސެމްބަރު 2022

ކޮލެޖު ދުވަސްވަރު ކަރީނާ ކަޕޫރުގެ ހާޒިރީ މާ ދަށްވުމުން އެކަން ހަމައަކަށް އެޅުވުމުގައި އެހީތެރިވެދީފައިވާނެ ކަމަށް ވިވެކް އޮބިރޯއީ ބުނެފި އެވެ.

ވިވެކް އާއި ކަރީނާ ވަނީ މުމްބާއީގައި ހުންނަ މިތިބައި ކޮލެޖުގައި ތައުލީމު ހާސިލްކޮށްފަ އެވެ.

އޭރުގެ ހަނދާންތައް އާކުރަމުން ވިވެކް ބުނީ ކަރީނާ އަކީ އޭނާއަށް ވުރެ ހަގު ދަރިވަރެއް ކަމަށާއި އެއް ދުވަހަކު ކަރީނާ މާ ހާސްވެގެން އުޅޭތީ ފެނިގެން ބެލިއިރު އޭނާގެ ހާޒިރީ މާ ދަށްވެގެން އުޅެނީ ކަމަށެވެ.

"އަހަރެން ބުނީ ހާސްނުވާށޭ. އަހަރެން ތިކަން ހަމައަކަށް އަޅުވާނަމޭ. ދެން އޮފީހަށް ވަދެ އަހަރެން އެކަން ކޮށްދިނީ. ކަރީނާ އަހަނީ ކިހިނެއްހޭ ތި ހެދީ. އަހަރެން ބުނީ އެކަމާ ނުވިސްނާށޭ. ހަމަޖެހިގެން ހުންނާށޭ،" ވިވެކް ބުންޏެވެ.

ވިވެކް އާއި ކަރީނާ ވަނީ އެކުގައި ބައެއް ފިލްމުތައް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި 'ޔޫވާ'، އޯމްކަރަ' އަދި 'ގުރުބާން' ހިމެނެ އެވެ. ވިވެކް ބުނީ ފިލްމުތަކުގައި މަސައްކަތް ކުރި އިރު ވެސް ކަރީނާ އަށް ހާޒިރީގެ ކަންތައް ހަނދާންކޮށްދީ އެކަމާ ހީނހެދި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް