ވިވެކް އޮބިރޯއީ

ވިވެކް އޮބެރޯއީ

އައިޝްވާރިޔާ އާއެކު އޮތް ގުޅުމާ ބެހޭގޮތުން ވިވެކް ވާހަކައެއް ނުދެއްކި

ސަލްމާންއާ ރުޅިވުމަށް ފަހު އައިޝްވާރިޔާ ވިވެކްއާ ރައްޓެހިވުމުން ސަލްމާން ވަނީ ވިވެކްގެ ފިލްމީ ކެރިއަރު ހަލާކުކޮށްލަން މަސައްކަތް ކޮށްފައި
15 ޑިސެމްބަރު 2022

ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ އާއެކު އެއް އިރެއްގައި އޮތް ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަން ވިވެކް އޮބިރޯއީ ދެކޮޅު ހަދައިފި އެވެ.

އައިޝްވާރިޔާ އާއި ވިވެކް ރައްޓެހިވެގެން އުޅުމަށް ފަހު އެ ގުޅުން ނިންމާލީ 2003 ވަނަ އަހަރު އެވެ. މީގެ ކުރިން ވާހަކަ ދެކެވިފައި އޮތީ، ވިވެކް އާއި އައިޝްވާރިޔާ ވަކިވި ސަބަބަކީ ސަލްމާން ހާން ކަމަށެވެ.

އައިޝްވާރިޔާ އާއި ސަލްމާންގެ ގުޅުމަކީ އެންމެން ދަންނަ ވާހަކައެކެވެ. އެ ގުޅުން ކެނޑުނީ ސަލްމާން އައިޝްވާރިޔާ އަށް އަނިޔާކުރާތީ ކަމަށްވެ އެވެ.

ސަލްމާންއާ ރުޅިވުމަށް ފަހު އައިޝްވާރިޔާ ވިވެކްއާ ރައްޓެހިވުމުން ސަލްމާން ވަނީ ވިވެކްގެ ފިލްމީ ކެރިއަރު ހަލާކުކޮށްލަން މަސައްކަތް ކޮށްފަ އެވެ. އަދި ވިވެކް އަށް އެކި ގޮތްގޮތުން އޭނާ ބިރު ވެސް ދެއްކި އެވެ.

އައިޝްވާރިޔާ އާއެކު އޮތް ގުޅުމާ ބެހޭގޮތުން އިންޓަވިއުއެއްގައި ސުވާލު ކުރުމުން ވިވެކް ބުނީ އެއީ މިހާރު ނިމިފައި އޮތް ކަމެއް ކަމަށެވެ. އެކަމަކު އެ ސުވާލާ ގުޅުވައި އޭނާ ވަނީ މިހާރުގެ ޒުވާން ތަރިންނަށް މެސެޖެއް ދީފަ އެވެ. ވިވެކް ބުނީ ފަރުވާތެރިކަމާ އެކު މަސައްކަތް ކުރުމަށާއި ޒާތީ ގޮތުން ދިމާކުރަން އުޅޭ މީހުންނަށް އެ ފުރުސަތު ނުދީ ކެރިއަރަށް ފޯކަސް ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް