ޝެހެނާޒް ގިލް

ރާޖުކުމާރު ބޭނުންވަނީ ޝެހެނާޒު ކަހަލަ ދަރިއެއް

ޝެހެނާޒްގެ ޔޫޓިއުބް ޗެނަލްގައި ގެނެސްދޭ ޓޯކް ޝޯގެ ފުރަތަމަ މެހުމާނެއްގެ ގޮތުގައި ބައިވެރިވީ ރާޖުކުމާރު
15 ނޮވެމްބަރު 2022

އަންހެން ކުއްޖެއް ލިބިއްޖެ ނަމަ ބޭނުންވަނީ ޝެހެނާޒް ގިލް ފަދަ ކުއްޖެއް ކަމަށް ރާޖުކުމާރު ރާއޯ ބުނެފި އެވެ.

ޝެހެނާޒްގެ ޔޫޓިއުބް ޗެނަލްގައި ގެނެސްދޭ ޓޯކް ޝޯއެއްގެ ފުރަތަމަ މެހުމާނެއްގެ ގޮތުގައި ބައިވެރިވީ ރާޖުކުމާރު އެވެ. އޭނާ ވަނީ ކެރިއަރާއި ދިރިއުޅުމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

އެ ޝޯގައި ޝެހެނާޒު ވަނީ ދަރިއަކު ހޯދަން ވިސްނަންތޯ ސުވާލުކޮށްފަ އެވެ. ރާޖުކުމާރު ބުނީ އަދި އެކަމާ ނުވިސްނާ ކަމަށާއި އެކަމަކު ދަރިއަކު ލިބިއްޖެ ނަމަ އެ ކުއްޖާ އަކީ ޝެހެނާޒު ކަހަލަ ހިތްހެޔޮ އުފާވެރި ކުއްޖަކަށް ވާން ބޭނުން ކަމަށެވެ.

"ބައެއްފަހަރު އަހަންނަށް ހީވޭ އަހަންނަކީ އަދި ކުޑަކުއްޖެކޭ. އަހަރެންގެ މައިންބަފައިން ވެސް ނާހާ އަދި ދަރިއަކު ހޯދާނީ ކޮން އިރަކުންތޯއެއް،" ސަމާސާ ރާގަކަށް ރާޖުކުމާރު ބުންޏެވެ.

ރާޖުކުމާރު މިދިޔަ އަހަރު ވަނީ ފިލްމީ ތަރި ޕަތުރަލޭކާއާ ކައިވެނިކޮށްފަ އެވެ.

'ބިގްބޮސް' އިން އާންމުންގެ މަގުބޫލުކަން ހޯދި ޝެހެނާޒްގެ ފުރަތަމަ ބޮލީވުޑް ފިލްމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭނާ ބޮލީވުޑަށް ތައާރަފުވާނީ ސަލްމާން ހާންގެ 'ކިސީ ކާ ބާއީ، ކިސީ ކީ ޖާން' އިންނެވެ. ރާޖުކުމާރު އެންމެ ފަހުން ފެނުނީ ނެޓްފްލިކްސް އިން ސްޓްރީމުކުރާ 'މޮނިކާ އޯ މައި ޑާލިން' އިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް