އާލިޔާ އާއި ކަރީނާ

އާލިއާ ބަޓް

ވިހޭ ފަހުން އާލިޔާއަށް އެންމެ ހިތްވަރުދެނީ ކަރީނާ

އާލިޔާ އާއި ކަރީނާގެ ދެމެދު އޮންނަ ގާތް ގުޅުން ފެނި، އެދެ މީހުން އެކުގައި ފިލްމަކު ފެންނަން ފޭނުން ބޭނުންވޭ
14 ނޮވެމްބަރު 2022

އާލިޔާ ބަޓްއަށް އަލަތު ދަރިފުޅު ލިބުނު ފަހުން އޭނާއަށް އެންމެ ހިތްވަރުދީ އެހީތެރިވަނީ ފަހަރި ކަރީނާ ކަޕޫރު ހާން ކަމަށް ބުނެފި އެވެ.

ކަރީނާއަކީ ރަންބީރު ކަޕޫރުގެ ދެބެއިންގެ ދެދަރި ދައްތަ އެވެ. ކަރީނާގެ ދެ ދަރިން ތިބޭއިރު، ދަރިން ލިބުމަށް ފަހު ދެން ކުރިމަތިވާ ކަންތައްތަކާއި ދަރިފުޅާ ގުޅޭ ކަންތަކުގައި އާލިޔާއަށް ހިޔާލާއި މަޝްވަރާ ދެނީ ކަރީނާ އެވެ.

އާލިޔާ އާއި ކަރީނާއާ ދެމެދު އަބަދުވެސް ގާތް ގުޅުމެއް އޮވެ އެވެ. ފިލްމީ މަސައްކަތްތަކުގައި ވެސް ދެ މީހުން އެކަކު އަނެކަމަށް ސަޕޯޓު ދީ ހަދަ އެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އާލިޔާއަށް އަލަތު ދަރިފުޅު ލިބުނު އިރު ބަލިވެއިނދެ ވެސް ފިލްމީ މަސައްކަތުގައި އާލިޔާ ބުރަކޮށް އުޅުނީތީ ކަރީނާ ވަނީ އެކަން ފާހަގަކޮށް އެ ހިތްވަރަށް ސާބަސް ދީފަ އެވެ. މީގެ އިތުރުން ކެރިއަރުގެ އެންމެ ޕީކުގައި ދަރިއަކު ހޯދުމަކީ ވެސް އާލިޔާގެ ހިތްވަރު ގަދަކަން ކަމަށް ކަރީނާ ބުނެފައިވެ އެވެ.

ކަރީނާއަކީ ކަޕޫރު އާއިލާގެ އެންމެންނާ ގާތް ގުޅުމެއް ބާއްވާ، އާއިލީ ގުޅުން ދަމަހައްޓަން މަސައްކަތް ކުރާ މީހެކެވެ.

އާލިޔާ އާއި ކަރީނާއާ ދެމެދު އޮންނަ ގާތް ގުޅުން ފެނި، އެދެ މީހުން އެކުގައި ފިލްމެއް ކުޅެން ވެސް ފޭނުން ބޭނުންވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް