ޖާންވީ އާއި އޯހަން

ޖާންވީ ކަޕޫރު

އޯހަން އަކީ އިތުބާރު ކުރެވޭ އެކުވެރިއެއް: ޖާންވީ

ސޯޝަލް މީޑިއާގައި މަގުބޫލު އޯހަން، މިހާރު ގިނަ ބަޔަކު ބަލަނީ ޖާންވީގެ ލޯބިވެރިޔާގެ ގޮތުގައި
7 ނޮވެމްބަރު 2022

އޯހަން އަވަތުރަމާނީ އާއި ޖާންވީ ކަޕޫރު ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ދެ މީހުން އެކުގައި ބޭރު ތެރެއިންނާއި ޕާޓީތަކުން ފެންނަ އިރު އެ ދެމެދުގައި ގާތް ގުޅުމެއް އޮވެ އެވެ.

ދެ މީހުން އެކުގައި ދަތުރުކޮށް، އެކީ ނަގާފައިވާ ފޮޓޯތައް ވެސް އޯހަން އިންސްޓަގްރާމުގައި ޕޯސްޓުކޮށްފައި ހުރެ އެވެ. އަދި ޖާންވީގެ އިންސްޓަގްރާމު ޕޯސްޓުތަކަށް އޭނާ ގަވައިދުން ކޮމެންޓުކޮށް ވެސް ހަދަ އެވެ.

އެ ގުޅުމާ ގުޅޭގޮތުން ޖާންވީ ބުނީ، އޭނާ އޯހަން ދަންނަތާ އެތައް އަހަރެއް ވެދާނެ ކަމަށާއި އެއީ އަބަދުވެސް ޖާންވީ އާއެކު ހުންނަ އިތުބާރުހުރި "އެކުވެރިއެއް" ކަމަށެވެ.

އެކަހަލަ އެކުވެރިން ލިބުމަކީ މަދުން ނޫނީ ނުވާ ކަމެއްކަން ވެސް ޖާންވީ ފާހަގަކުރި އެވެ.

އޯހަން އަކީ ޖާންވީގެ އެކުވެރި ސާރާ އަލީ ހާންގެ ކްލާސްމޭޓެކެވެ. އެނިމޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ އޯހަން އަކީ ސޯޝަލް އެކްޓިވިސްޓެއް ވެސް މެ އެވެ. މީގެ އިތުރުން ކާޖޮލް އާއި އަޖޭގެ ދަރިފުޅު ނިސާ ދޭވްގަން އާއި އޯހަން އަކީ ވެސް ގާތް އެކުވެރިންނެވެ.

ސޯޝަލް މީޑިއާގައި ވެސް މަގުބޫލު އޯހަން، މިހާރު ގިނަ ބަޔަކު ބަލަނީ ޖާންވީގެ ލޯބިވެރިޔާގެ ގޮތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް