ފްލައިމީގެ މަތިންދާބޯޓެއް (ދައުރު ފޮޓޯ/ފަރީހާ އަބްދުﷲ)

ފްލައިމީ

ފްލައިމީން މާމިގިލިއްޔާއި ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

މާމިނގިލިން ބެންގަލޫރަށް ކުރާ ދަތުރުތައް ފަށާނީ މި މަހުގެ 29ގައި، ހަފްތާ އަކު ދެ ދަތުރު ބާއްވަން ވަނީ ނިންމާފައި
20 ސެޕްޓެމްބަރު 2021

ވިލާ އެއާގެ އެއާލައިން ފްލައިމީން މާމިނގިއްޔާއި އިންޑިއާގެ ބެންގަލޫރާ ދެމެދު ސީދާ ދަތުރު ފަށަން ތައްޔާރުވެއްޖެ އެވެ.

ފެށުން - ބައިނަލްއަގުވާމީ ދަތުރުތަކަށް ފްލައިމީ އަށް ހުއްދަ ލިބުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ބައިނަލް އަގުވާމީ ދަތުރުތަކަށް ހުއްދަ ލިބުމާއެކު، އެ އެއާލައިނުން މީގެ ކުރިން ވަނީ ސްރީލަންކާ އަށް ޗާޓާ ދަތުރުތަކެއް ކޮށްފަ އެވެ.

އިންޑިއާ ދަތުރުތައް މިމަހު 29 ގައި

ފްލައިމީގެ ބަސް - ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު 'ދައުރު' އަށް ވިދާޅުވީ މި މަހުގެ 29 ގައި އިންޑިއާގެ ބެންގަލޫރާ މާމިނގިއްޔާ ދެމެދު ދަތުރުތައް ފަށާއިރު ހަފްތާ އަކު ދެ ދަތުރު ބާއްވާނެ ކަމަށެވެ. އަދި އެ ދަތުރުތައް ކުރާނީ އެ ކުންފުނިން ގެންގުޅޭ އޭޓީއާރު ބޯޓުތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާދިއްތަ އަދި ބުދަ ދުވަހު ދަތުރުތައް ކުރާނީ،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:  

  • މާމިގިލި-ބެންގަލޫރު ދަތުރުގެ ދެކޮޅު ޓިކެޓު އަގަކީ 475 ޑޮަލަރު

އޭނާ އަދި ވިދާޅުވީ، ކޮވިޑް 19ގެ ބަލިމަޑުކަމާއެކު ވައިގެ ދަތުރުފަތުރުގެ ސިނާއަތަށާއި، ޓޫރިޒަމް ސިނާއަތަށް އައިސްފައިވާ ހީނަރުކަމާއެކު މި ސިނާއަތަށް އޮތް ރިސްކު އަދިވެސް ބޮޑު ކަމަށެވެ.

މީގެ ކުރިން ވިލާއެއާ އިން ޕްލޭންކޮށްފައި އޮތްގޮތަށް، އޭ-319 މަރުކާގެ މަތިންދާބޯޓު ގެނައުމަށް އަދިވެސް ޕްލޭން އެބައޮތް ކަމަށް ނާޝިދު ވިދާޅުވި އެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާ އެކަމަށް އަދި ދުވަސް ނަގާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފްލައިމީގެ ފްލީޓުގައި މިހާރު އޮންނަނީ:

  • އޭޓީއާރު މަރުކާގެ 4 ބޯޓު

  • އެއީ 48 މީހުންގެ ޖާގައިގެ ބޯޓަކާއި 68 މީހުންގެ ޖާގައިދެ ދެ ބޯޓު އަދި 72 މީހުންގެ ޖާގައިގެ ބޯޓެއް

އެ އެއާލައިނުން އެތެރޭގެ ދަތުުރުތައް މިހާރު ކުރަނީ:

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާމިނގިލި އަދި ދަރަވަންދޫ އާ ދެމެދު

އިތުރު އާޓިކަލް

އިތުރު އާޓިކަލް