އޮފާއަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ދިރާގު އެޕްގެ އީ-ޒޯން މެދުވެރިކޮށް މީޑިއާނެޓް ވީޑިއޯކްލަބްގެ ހިދުމަތް ފަސޭހަކަމާ އެކު އެކްޓިވޭޓް ކުރެވޭނެ.
ދިރާގު ޕޯސްޓްޕެއިޑަށް މީޑިއާނެޓް ވީޑިއޯކްލަބް ހިލޭ ދެނީ
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އަހަރަކަށް މީޑިއާނެޓް ވީޑިއޯކްލަބް ހިލޭ ބޭނުންކުރެވޭ ހާއްސަ އޮފާއެއް ފަށައިފި އެވެ.
ތަފްސީލް - މި އޮފާގެ ދަށުން:
-
ޕޯސްޓްޕެއިޑް 750 އިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް، އެއްވެސް އިތުރު ފީއަކާ ނުލާ އެއް އަހަރުދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯކްލަބް އެކްޓިވޭޓް ކުރެވޭނެ
-
ދިރާގު ޕޯސްޓްޕެއިޑްގެ ހުރިހާ ކަސްޓަމަރުންނަށް، ލިމިޓްލެސް 21 ޑޭ ބޫސްޓާ އެކްޓިވޭޓް ކޮށްގެން މި ހިދުމަތް ހިލޭ ހޯދޭނެ؛ މިގޮތުން ބޫސްޓާ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް، އެ ބޫސްޓާގެ މުއްދަތު ހަމަވަންދެން މީޑިއާނެޓް ވީޑިއޯކްލަބް ހިލޭ ބޭނުންކުރެވޭނެ
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި އޮފާގެ ދަށުން އަންނަ މަހުގެ ނިޔަލަށް މީޑިއާނެޓް ވީޑިއޯކްލަބް ހިލޭ އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން، މި އޮފާއަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ދިރާގު އެޕްގެ އީ-ޒޯން މެދުވެރިކޮށް މީޑިއާނެޓް ވީޑިއޯކްލަބްގެ ހިދުމަތް ފަސޭހަކަމާ އެކު އެކްޓިވޭޓް ކުރެވޭނެ އެވެ.
ކޮމެންޓް