މި އޮފާގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭނެ.

ދިރާގު

ދިރާގުން މިނިވަން ދުވަހު ހިލޭ ޑޭޓާ އަދި ރައުޓަރު

އެލައިޑް އިންޝުއަރެންސްގެ 'ހޯމް ކޮންޓެންޓްސް ތަކަފުލް' ވެސް ލިމިޓެއްނެތް ފައިބަ ކަނެކްޝަނަކަށް މުޅިން ހިލޭ ލިބޭނެ
1 ގަޑިއިރު ކުރިން

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިރާގުން ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

ތަފްސީލް - މި އޮފާގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭނެ އެވެ. މި ޑޭޓާ ހޯދުމަށް:

  • ދިރާގު އެޕް ނުވަތަ #225* މެދުވެރިކޮށް، މިއަދުގެ އިރުއޮއްސި 6ގެ ކުރިން އެކްޓިވޭޓް ކުރެވޭނެ

މީގެ އިތުރުން، ގޭގެ އިންޓަނެޓްގެ ހިދުމަތް އަޕްގްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާގުން ވަނީ ލިމިޓެއްނެތް ފައިބަގެ ހާއްސަ އޮފާއެެއް ވެސް އިއުލާންކޮށްފަ އެވެ. މިގޮތުން:

  • މި މަހުގެ ނިޔަލަށް ލިމިޓެއްނެތް ފައިބަ ކަނެކްޝަނަކަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ރައުޓަރާއި ކަނެކްޝަން މުޅިން ހިލޭ ލިބޭނެ

  • އެލައިޑް އިންޝުއަރެންސްގެ 'ހޯމް ކޮންޓެންޓްސް ތަކަފުލް' މުޅިން ހިލޭ ލިބޭނެ؛ މި ސްކީމްގެ ދަށުން ގޭގައި ހުންނަ މުދަލުގެ 20އަށް ވުރެ ގިނަ ބާވަތަކަށް، އެއް އަހަރުދުވަހުގެ މުއްދަތަށް 150,000ރ.އާ ހަމައަށް އިންޝުއަރެންސް ކަވަރޭޖް ލިބޭނެ

ފާހަގަކޮށްލެވޭ - ދިރާގުން މަސައްކަތް ކުރަމުން އަންނަނީ ޒަމާނީ ޑިޖިޓަލް ހިދުމަތްތަކާއި އިތުބާރު ހުރި ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން މުއްސަނދިކޮށް، ކަސްޓަމަރުންނަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް