މިނިވަން ދުވަހުގެ އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އާއިލާ އާއި ރައްޓެހިންނާ އެކު ގުޅުން ބަދަހިކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށް.

އުރީދޫ

އުރީދޫން މިނިވަން ދުވަހަށް ހާއްސަ އޮފާތަކެއް: ޑޭޓާ އަދި ހިލޭ ކޯލު

މިނިވަން ދުވަހުގެ އޮފާތަކުގެ ތެރޭގައި، 'މިނިވަން-61' ޑޭޓާ ޕެކުން ފެށިގެން، ޑޭޓާ ޕެކް ހަދިޔާ ކުރުމާއި މިނިވަން ދުވަހު ވަކި ވަގުތެއްގައި ހިލޭ ކޯލާއި މެސެޖު ކުރެވުން ހިމެނޭ
1 ގަޑިއިރު ކުރިން

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފަލުގައި އުރީދޫން ކަސްޓަމަރުންނަށް ތަފާތު އޮފާތަކެއް އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - 'މިނިވަން-61' ޑޭޓާ ޕެކުން ފެށިގެން، ޑޭޓާ ޕެކް ހަދިޔާ ކުރުމާއި މިނިވަން ދުވަހު ވަކި ވަގުތެއްގައި ހިލޭ ކޯލާއި މެސެޖާ އެކު، މި މިނިވަން ދުވަހުގެ އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އާއިލާ އާއި ރައްޓެހިންނާ އެކު ގުޅުން ބަދަހިކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށެވެ.

މިނިވަން ދުުވަހުގެ އޮފާތައް:

މިނިވަން-61 ޕެކް: 61ރ.އަށް 61 ޖީބީ ޑޭޓާ

މިނިވަން ދުވަހުގެ އުފާ ފާޅުކުރުންތަކުގެ ތެރޭގައި މެދުކެނޑުމެއްނެތި އިންޓަނެޓް ބޭނުންކުރުމަށް، 61ރ.އަށް 61 ޖީބީގެ ޑޭޓާ 24 ގަޑިއިރަށް ނެގޭނެ އެވެ.

މި އޮފާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓްކޮށްލެވޭނެ އެވެ.

މި އޮފާ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށެވެ.

މިނިވަން-61 ޕެކް ހަދިޔާކޮށްލާ

މިނިވަން ދުވަހުގެ ހަދިޔާއެެއްގެ ގޮތުގައި ގާތް ފަރާތްތަކަށް މިނިވަން-61 ޕެކް، 61ރ.އަށް 61 ޖީބީގެ ޑޭޓާ 24 ގަޑިއިރަށް ހަދިޔާކުރެވޭނެ އެވެ. 

މި އޮފާ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށެވެ.

މިނިވަން ދުވަހު އުރީދޫ ނަމްބަރުތަކަށް ހިލޭ ކޯލާއި އެސްއެމްއެސް

މިނިވަން ދުވަހުގެ އުފަލުގައި އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ޕްރީޕެއިޑް ކަސްޓަމަރުންނަށް މާދަމާ މެންދުރުފަހު 3 އިން ހަވީރު 4އަށް އުރީދޫ ނަންބަރުތަކަށް ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭނެ އެވެ. މިއީ ހަމައެކަނި ޕްރިޕެއިޑް ކަސްޓަމަރުންނަށް އެކަނި ބައިވެރިވެވޭ އޮފާ އެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް