އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒު (ކ) އަދި މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަންގެ ރައީސް އިސްމާއީލް އަޒްމީ. (ފޮޓޯ/އުރީދޫ)
ޕަބްޖީގެ ސަރަހައްދީ މުބާރާތަށް ދިވެހިން ހޮވުމުގައި އުރީދޫން ބައިވެރިވެއްޖެ
ޓެންސެންޓްގެ އިރުޝާދުގެ ދަށުން މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނުން ރާއްޖޭގައި އިންތިޒާމުކުރާ ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) މޯލްޑިވްސްގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މި މުބާރާތަކީ، ކުރިއަށް އޮތް ސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއް ހޮވުމަށް ބާއްވާ މުބާރާތެކެވެ.
މީގެ އިތުރުން، މިއީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް (ޕީއެމްޖީސީ)އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
ތަފްސީލް - މި މުބާރާތް ކުރިއަށްދާނީ މައިގަނޑު ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން:
-
މާދަމާ އިން ފެށިގެން އާދިއްތަ ދުވަހަށް 'އިން-ގޭމް ކޮލިފައިން' ސްޓޭޖް 2 އޮންލައިންކޮށް ކުރިއަށްދާނެ
-
އަންނަ މަހު 3 އިން 7އަށް 'ނޭޝަނަލް ނޮކްއައުޓްސް - ސަވައިވާސް ސާކަލް' އޮންލައިންކޮށް ކުރިއަށްދާނެ
-
މުބާރާތުގެ ފޯރިގަދަ 'ލޭން ނޭޝަނަލް ފައިނަލްސް' އޮންނާނީ އަންނަ މަހު 13 އިން 15އަށް؛ މި މަރުހަލާގައި ރާއްޖޭގެ އެންމެ މޮޅު ޓީމުތަކުން ގައުމީ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ
ބުނީ ކީކޭ؟ - އޫރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒު ވިދާޅުވީ، ގޭމިންއަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫން ކަމަށާއި، އެއީ ޒުވާން ހުނަރުވެރިންނަށް އާ ފުރުސަތުތަކެއް ހުޅުވާލައިދޭ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ.
"އޫރީދޫ ނޭޝަން މެދުވެރިކޮށް ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ތަރައްގީކުރުމުގައި އޫރީދޫން އަބަދު ވެސް ދެމިއޮންނާނެެ،" އޭނާ ވިދާޅުވި އެވެ.
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ކުޅުންތެރިން ބާރުވެރިކުރުވައި ކުޅުންތެރިންގެ ހުނަރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ދައްކާލުމަށް ލިބޭ އަގުހުރި ފުރުސަތެއް."
މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަންގެ ރައީސް އިސްމާއީލް އަޒްމީ އަދުނާން ވިދާޅުވީ، ރާއްޖޭގައި ގޭމިންއަށް ހާއްސަ ޕްލެޓްފޯމެއް ތައާރަފުކުރި ފުރަތަމަ ބްރޭންޑުގެ ހައިސިއްޔަތުން، އޫރީދުއަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.
"މި ޕާންޓްނަޝިޕާ އެކު ކުޅުންތެރިން ބާރުވެރިކޮށް، ރާއްޖޭގައި އީ-ސްޕޯޓްސްގެ ވާދަވެރިކަން އިތުރުކުރުމަށް އޫރީދޫ ނޭޝަންއާ އެކު މަސައްކަތްކުރުމަށް އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - އޫރީދޫ ނޭޝަން މެދުވެރިކޮށް އޫރީދޫން އަބަދު ވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ގޭމިން އަދި އީ-ސްޕޯޓްސް ކުރިއަރުވައި ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުރިއަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.
ކޮމެންޓް