ރޮކެޓް ލީގުގެ އިތުރުން، މި އިވެންޓަށް ޒިޔާރަތްކުރާ މީހުންނަށް ހިލޭ ކުޅެވޭނެ ތަފާތު އިތުރު ގޭމުތައް ވެސް ވަނީ ހިމަނާފައި. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގާއި ޒީރޯ ޕޮއިންޓުގެ ގޭމް މުބާރާތުގައި މިއަދުގެ ނިޔަލަށް ބައިވެރިވެވޭނެ

މި މުބާރާތް ކުރިއަށްދާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ހުޅުމާލޭގައި ހުންނަ ޒީރޯ ޕޮއިންޓް ގޭމިން ކެފޭގައި؛ މި މުބާރަތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000ރ.ގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅާފައި
1 ގަޑިއިރު ކުރިން

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ 'ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު' މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.

ވީ ކިހިނެއް؟ - އެއްވެސް ފީއަކާ ނުލާ، ކޮންމެ ސްކިލް ލެވެލްއެއްގެ ގޭމް ކުޅުންތެރިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވައިލައިފައިވާ މި މުބާރާތުގައި އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ތަފްސީލް - މި މުބާރާތް ކުރިއަށްދާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ހުޅުމާލޭގައި ހުންނަ ޒީރޯ ޕޮއިންޓް ގޭމިން ކެފޭގަ އެވެ.

މި މުބާރަތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000ރ.ގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅާފަ އެވެ. މި މުބާރާތުގެ ޕްރިމިއަމް ޕާޓްނަރަކީ މިނީސޯ އަދި އެލީޓް ޕާޓްނަރަކީ ވިލާ މާޓެވެ.

ރޮކެޓް ލީގުގެ އިތުރުން، މި އިވެންޓަށް ޒިޔާރަތްކުރާ މީހުންނަށް ހިލޭ ކުޅެވޭނެ ތަފާތު އިތުރު ގޭމުތައް ވެސް ވަނީ ހިމަނާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ރޭސިން ސިމިއުލޭޝަން 

  • ވީއާރު ގޭމްސް 

  • އެފްސީ 26 

  • ޓެކެން

ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށްވާ ޑީޖީޖީ މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިން ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް