ޔޫސުފަކީ ރާއްޖޭގައި ފިކްސްޑްލައިން ޓެލެފޯނުގެ ހިދުމަތްތައް ބޭނުންކުރަން ފެށި ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއް ނެތި ދިރާގުގެ ހިދުމަތްތައް ބޭނުންކުރަމުން އަންނަ ކަސްޓަމަރެއް. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުން ދޭ 2 ވަނަ ލޯންޗު ޔޫސުފްއާ ހަވާލުކޮށްފި

މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ކަމަށްވާ، ކ. މާލެއަށް އުފަން މުހައްމަދު ޔޫސުފަށް ވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާ އެކު ހަވާލުކޮށްފައި
1 ގަޑިއިރު ކުރިން

ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ އެންމެ ފަހު ލޯންޗުގެ ނަސީބުވެރިޔާއާ އެ ލޯންޗު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަލް ޝާލީ މެރިން ބޯޓްޔާޑުގައި މިއަދު ބޭއްވި ހާއްސަ ހަރަކާތެއްގައި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ކަމަށްވާ، ކ. މާލެއަށް އުފަން މުހައްމަދު ޔޫސުފަށް ވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާ އެކު ހަވާލުކޮށްފަ އެވެ.

މި އަގުހުރި އިނާމު ހަވާލުކުރުމަށް ބޭއްވި ހަރަކާތުގައި، ޔޫސުފްއަށް ބޯޓު ހަވާލުކޮށްދެއްވައިފައިވަނީ ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދެވެ.

ބުނީ ކީކޭ؟ - މި އިނާމު ލިބުނުކަން އެނގުމުން ކުރެވުނު އިހުސާސްތައް ހިއްސާކުރަމުން ޔޫސުފް ބުނީ، މިއީ އޭނާއަށާއި އޭނާގެ އާއިލާއަށް ލިބުނު އުފާވެރި ހަބަރެއް ކަމަށެވެ.

ޔޫސުފަކީ ރާއްޖޭގައި ފިކްސްޑްލައިން ޓެލެފޯނުގެ ހިދުމަތްތައް ބޭނުންކުރަން ފެށި ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއް ނެތި ދިރާގުގެ ހިދުމަތްތައް ބޭނުންކުރަމުން އަންނަ ކަސްޓަމަރެކެވެ. މިގޮތުން، އޭނާ ދިރާގު މޯބައިލްގެ ހިދުމަތް ބޭނުންކުރާތާ މިހާރު 28 އަހަރު ވެފައިވާއިރު، މިފަދަ އަގު ހުރި އިނާމެއް ހޯދުމުގެ ފުރުސަތު ދިރާގުން ފަހިކޮށްދިނީތީ އެ ކުންފުންޏަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ތަފްސީލް - ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނަކީ އެ ކުންފުނީގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތްތައް ބޭނުންކުރަމުން އަންނަ އަދި އަލަށް ގުޅުނު ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.

މިދިޔަ އޮގަސްޓުގައި ފެށި މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ މިދިޔަ މާޗުގެ ނިޔަލަށް ކަސްޓަމަރުންނަށް ވަނީ ލިބިގެންގޮސްފަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ދީފައިވާ ދެ ލޯންޗުގެ ތެރެއިން ފުރަތަމަ ލޯންޗު ލިބުނީ އަބްދުﷲ ސައީދަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް