ކ. ހުރާގައި މިދިޔަ އަހަރު ކުރިއަށްގެންދިޔަ މަސްރޭހުގެ ތެރެއިން. (ފައިލް ފޮޓޯ/އުރީދޫ)
އުރީދޫ މަސްރޭހުގައި މިއަދުގެ ނިޔަލަށް ބައިވެރިވެވޭނެ
އުރީދޫން ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ބާއްވާ އުރީދޫ މަސްރޭސް 2026ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަމަވާނެ އެވެ.
ވީ ކިހިނެއް؟ - މި އަހަރު މަސްރޭސް އޮންނާނީ އަންނަ މަހު 7ގައި ކ. މާފުށީގަ އެވެ.
-
ރަޖިސްޓްރޭޝަންގެ ފަހު ތާރީހު: މިރޭގެ ނިޔަލަށް
-
ރަޖިސްޓްރީ ކުރުމަށް ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން 12 މީހުން ހިމެނޭ ޓީމް ހެދުމަށް ފަހު އޮންލައިކޮށް ފޯމު ފުރާލާ
ތަފްސީލް - އުރީދޫ މަސްރޭސް 2026ގައި ގިނަވެގެން 20 ޓީމު ވާދަކުރާނެ އެވެ. އެގޮތުން، 20 ޓީމަށް ވުރެ ގިނައިން ރަޖިސްޓްރީ ވެފައިވާ ނަމަ، ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ 20 ޓީމަށް މަސްރޭހުން ފުރުސަތު ދޭނެ އެވެ.
ކޮންމެ މަސްރޭހެއްގައި ވެސް ޖުމްލަ 43،000ރ.ގެ ފައިސާގެ އިނާމު ހިމެނެ އެވެ. މީގެ ތެރޭގައި:
-
ޗެމްޕިއަން ޓީމް: 25،000ރ.
-
ދެވަނަ ޓީމް: 10،000ރ.
-
ތިންވަނަ ޓީމް: 5000ރ.
އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި އެންމެ ބަރު މަސްބާނާ ފަރާތަށް ވެސް 1000ރ.ގެ އިނާމު ދޭނެ އެވެ.
ފާހަގަކޮށްލެވޭ - އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެ ވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.
ކޮމެންޓް