ވަށްމާފުށީގެ ޒިޕްލައިން އެޑްވެންޗާ.
އުރީދޫ ވަށްމާފުށި ޒިޕްލައިން ގިވްއަވޭގައި މިރޭގެ ނިޔަލަށް ބައިވެރިވެވޭނެ
އުރީދޫން، ކ. މާފުށި ފަޅުން ހިއްކައިގެން ތަރައްގީކޮށްފައިވާ ވަށްމާފުށި އަދި ޒިޕްލައިން އެމްވީއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ ހާއްސަ ގިވްއަވޭގައި ބައިވެރިވުމުގެ އެންމެ ފަހު ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.
ތަފްސީލް - އުރީދޫން ބުނި ގޮތުގައި، މިރޭ 11:59ގެ ނިޔަލަށް މި ގިވްއަވޭގައި ބައިވެރިވެވޭނެ އެވެ.
މި ގިވްއަވޭން ހޮވޭ ނަސީބުވެރި ފަރާތަކަށް:
-
ވަށްމާފުށީގައި ހަތަރު މީހަކަށް ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް މުޅި ދުވަހުގެ ބީޗު ޕިކްނިކެއް
-
ޒިޕްލައިން އެމްވީއާ އެކު ފޯރިގަދަ ޒިޕްލައިން ހަރަކާތެއް ތަޖުރިބާކޮށްލުން
-
މާފުށިން ދިއުމާއި އެނބުރި އައުމުގެ ދަތުރުފަތުރުގެ އިންތިޒާމު
މި ގިވްއަވޭގައި ބައިވެރިވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެގޮތުން، ބައިވެރިވުމަށް:
-
ސޯޝަލް މީޑިއާގައި އުރީދޫ މޯލްޑިވްސް، ވަށްމާފުށި އަދި ޒިޕްލައިން އެމްވީ ފޮލޯކުރުން
-
މި ދަތުރުގައި ގެންދަން ބޭނުންވާ ތިން ރައްޓެހިން ޓެގްކުރުން
-
ޕްރޮމޯޝަންގެ ޕޯސްޓް ޝެއާކުރުން
އެ ހުރިހާ ކަމެއް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް މި ދަތުރު ލިބޭނެ އެވެ. އެ ނަސީބުވެރިޔާއަށް އެ ދަތުރުގައި އިތުރު 3 މީހުން ގެންދެވޭނެ އެވެ.
ފާހަގަކޮށްލެވޭ - އުރީދޫން އަންނަނީ ކަސްޓަމަރުންނަށް ފޯރިގަދަ އަދި ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން، މި ގިވްއަވޭއަކީ ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހިތްގައިމު މުނިފޫހިފިލުވުމާއި އެޑްވެންޗާ ފުރުސަތުތައް ދައްކާލުމަށް ލިބޭ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮމެންޓް