މިދިޔަ އަހަރު ބޭއްވި 'ދިރާގު މާލެ އޯޕަން' ފެތުމުގެ މުބާރާތް. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގު މާލެ އޯޕަން ފެތުމުގެ މުބާރާތުގައި މި މަހުގެ ނިޔަލަށް ބައިވެރިވެވޭނެ

މި މުބާރާތުގެ 1 ކިލޯމީޓަރު، 500 މީޓަރު، 250 މީޓަރު އަދި މި އަހަރު އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް އޮންލައިންކޮށް ރަޖިސްޓަރީކުރެވޭނެ
16 ގަޑިއިރު ކުރިން

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމަށްވާ 'ދިރާގު މާލޭ އޯޕަން' ފެތުމުގެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ އެވެ.

ވީ ކިހިނެއް؟ - މި މުބާރާތް ބާއްވާނީ އަންނަ މަހު 21 އަދި 22ގައި ރަސްފަންނުގަ އެވެ.

ތަފްސީލް - ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފޯރިގަދަ 'ދިރާގު މާލޭ އޯޕަން' ސްވިމިން މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މި މުބާރާތުގެ 1 ކިލޯމީޓަރު، 500 މީޓަރު، 250 މީޓަރު އަދި މި އަހަރު އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް އޮންލައިންކޮށް ރަޖިސްޓަރީކުރެވޭނެ އެވެ.

ފާހަގަކޮށްލެވޭ - މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ބައިވެރިވެ، 340އަށް ވުރެ ގިނަ ފެތުންތެރިން ވަނީ ރޭސް ފުރިހަމަކޮށްފަ އެވެ. މީގެ ތެރޭގައި، އުމުރުން 5 އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ހިމެނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް