ބީއެމްއެލްގެ 'ސްވައިޕް'ގައި ހިމެނޭ އިންޓަނޭޝަނަލް އެކައުންޓުގެ ހިދުމަތް ތައާރަފްކުރަނީ. (ފޮޓޯ/ރައީސް އޮފީސް)

ބީއެމްއެލް

ބީއެމްއެލްގެ 'ސްވައިޕް'ގައި އެކައުންޓް ހުޅުވައި ބޭރުން ފައިސާ ގެނެވޭ ގޮތް ހަދައިފި

ބައިނަލްއަގުވާމީ އެކައުންޓްގެ ހިދުމަތް ލިބޭނީ ޑޮލަރު، ޔޫރޯ އަދި ޕައުންޑުން؛ ބައިނަލްއަގުވާމީ ފައިސާގެ ޓްރާންސްފާއެއް ހިންގުމާ އެކު، ވަގުތުން ކަސްޓަމަރުގެ 'ސްވައިޕް' ވޮލެޓަށް އެ ފައިސާ ޖަމާވާނެ
1 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވޭނެ ގޮތާއި ބޭރުން ފައިސާ ގެނެވޭ ހިދުމަތުގެ ތަފްސީލު ހާމަކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ހިދުމަތާ އެކު އަމިއްލަ 'އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރެ'އް ހިމެނޭ ބައިނަލްއަގުވާމީ އެކައުންޓެއް ހުޅުވައި ބޭރުގެ އެކައުންޓްތަކުން ފަސޭހަކަމާ އެކު ފައިސާ ލިބޭނެ މަގުފަހިވެގެންދާނެ އެވެ.

ތަފްސީލް - ބައިނަލްއަގުވާމީ އެކައުންޓްގެ ހިދުމަތް ލިބޭނީ:

  • ޑޮލަރު، ޔޫރޯ އަދި ޕައުންޑުން

  • ބައިނަލްއަގުވާމީ ފައިސާގެ ޓްރާންސްފާއެއް ހިންގުމާ އެކު، ވަގުތުން ކަސްޓަމަރުގެ 'ސްވައިޕް' ވޮލެޓަށް އެ ފައިސާ ޖަމާވާނެ

  • ސްވައިޕްއަށް ލިބޭ ޕީ-ޓު-ޕީ ފައިސާގެ ޓްރާންސްފާތަކުން އެއްވެސް ފީއެއް ނުނަގާނެ

ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބައިނަލްއަގުވާމީ ފައިސާ ލިބޭނެ ގޮތް ހަމަޖެހުމަކީ ކަސްޓަމަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށާއި މީގެ ސަބަބުން ފްރީލާންސް މަސައްކަތްކުރާ ފަރާތްތަކާއި އަމިއްލަ ވިޔަފާރިވެރިން އަދި ބޭރުގެ ބައިވެރިންނާ އެކު މުއާމަލާތްކުރާ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

"މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބޭރު ގައުމެއްގައި ބޭންކް އެކައުންޓެއް ހުޅުވައިގެން އެ ގައުމެއްގެ ލޯކަލް ޕޭމަންޓެއްހެން ވަގުތުން އިންސްޓަންޓްކޮށް ފައިސާ ޖަމާވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

"މިއީ 'ސްވައިޕް'އަކީ ފުރިހަމަ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމަކަށް ހެދުމަށާއި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކާއި އީޖާދީ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް."

ފާހަގަކޮށްލެވޭ - މި އަހަރުގެ ކުރީކޮޅު ތައާރަފްކުރި 'ސްވައިޕް': 

  • ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު މިހާރު ވަނީ 20،000އަށް ވުރެ މައްޗަށް އަރާފައި

  • 3,300އަށް ވުރެ ގިނަ މާޗަންޓުން މިހާރު ވެސް މި ހިދުމަތް ބޭނުންކުރޭ 

  • މިއީ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި އަދި އެންމެ އަވަހަށް ފައިސާ ސެޓްލްކޮށްދޭ އެއް ޑިޖިޓަލް ޕޭމަންޓް ހިދުމަތް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް