ޖުމްލަ 1 ބިލިއަން ރުފިޔާގެ ޒުވާނުންގެ ފައިނޭންސިން ފެސިލިޓީ އިފްތިތާހުކުރަނީ. (ފޮޓޯ/ބީއެމްއެލް)

ޒުވާނުންނަށް 150,000ރ.އާ ހަމައަށް %7 ރޭޓުގައި 1 ދުވަހުން ފައިނޭންސިން ދޫކުރަނީ

ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ
1 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި ވިޔަފާރިތައް ފެށުމަށާއި އާ އީޖާދީ ހިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް، 150،000ރ.އާ ހަމައަށް ފައިނޭންސިން ލިބޭ 'ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން' މިއަދު ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ފެށި 'ޔޫތު އޮންޓްރަޕްރިނާސް އެކްސްޕޯ'ގައި، ޖުމްލަ 1 ބިލިއަން ރުފިޔާގެ މި ފައިނޭންސިން ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.

ތަފްސީލް - މި ފެސިލިޓީއަކީ:

  • އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލާ ނެގޭނެ

  • ޝަރުތު ހަމަވާ ފަރާތްތަކަށް 150,000ރ.އާ ހަމައަށް ފައިނޭންސިން ލިބޭނެ

  • އަހަރަކު %7ގެ ކުޑަ ޕްރޮފިޓް ރޭޓެއް

  • ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ޕްރޮސެސްކޮށް ނިންމައި އަވަހަށް ފައިސާ ލިބޭނެ 

  • ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ލިބޭނެ

މި ފައިސާގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި މެންޓަޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ޖުމްލަ 1 ބިލިއަން ރުފިޔާގެ ޒުވާނުންގެ ފައިނޭންސިން ފެސިލިޓީ އިފްތިތާހުކުރަނީ. (ފޮޓޯ/ބީއެމްއެލް)

ބުނީ ކީކޭ؟ - މި ފެސިލިޓީ އިފްތިތާހުކުރުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ބީއެމްއެލް އިން ގަބޫލުކުރާ ގޮތުގައި މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.

"އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި 1 ބިލިއަން ރުފިޔާގެ ފައިނޭންސިން ސްކީމްގެ ސަބަބުން، ޒުވާނުންގެ ހިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި ދިގު މުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ބިނާކުރުމަށް އެހީތެރިވެދޭނެ،" އޭނާ ވިދާޅުވި އެވެ.

ޖުމްލަ 1 ބިލިއަން ރުފިޔާގެ ޒުވާނުންގެ ފައިނޭންސިން ފެސިލިޓީ އިފްތިތާހުކުރަނީ. (ފޮޓޯ/ބީއެމްއެލް)

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ، ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން މެދުވެރިކޮށް، 24 ގަޑިއިރު ތެރޭގައި ލޯނު އެޕްރޫވްކޮށް، ފަސޭހަކަމާ އެކު ފައިސާ ދޫކުރެވޭނެ ކަމަށެވެ.

"މީގެ ސަބަބުން ޒުވާން ވިޔަފާރިވެރިންގެ ހިޔާލުތައް ލަސްކަމެއް ނެތި ހަގީގަތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ. ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވިޔަފާރި ފެށުމަކީ ފަސޭހަ ކަމަކަށް ހަދައި އާ ޖީލުގެ ވިޔަފާރިވެރިން އިތުބާރާ އެކު އެ މީހުންގެ ވިޔަފާރީގެ ދަތުރު ފަށައިދިނުމަށް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް