ކ. ހުރާގައި މިދިޔަ އަހަރު ކުރިއަށްގެންދިޔަ މަސްރޭހުގެ ތެރެއިން. (ފޮޓޯ/އުރީދޫ)
އުރީދޫ މަސްރޭސް އަންނަ މަހު 7ގައި މާފުށީގައި ބާއްވަނީ
އުރީދޫން ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އުރީދޫ މަސްރޭސް 2026 މި އަހަރު ވެސް ބާއްވަން ނިންމައި އިއްޔެ ބައިވެރިވާން ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި އަހަރު މަސްރޭސް އޮންނާނީ އަންނަ މަހު 7ގައި ކ. މާފުށީގަ އެވެ.
-
ރަޖިސްޓްރޭޝަންގެ ފަހު ތާރީހު: މި މަހުގެ 21ގެ ނިޔަލަށް
-
ރަޖިސްޓްރީ ކުރުމަށް ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން 12 މީހުން ހިމެނޭ ޓީމް ހެދުމަށް ފަހު އޮންލައިކޮށް ފޯމު ފުރާލާ
ތަފްސީލް - އުރީދޫ މަސްރޭސް 2026ގައި ގިނަވެގެން 20 ޓީމު ވާދަކުރާނެ އެވެ. އެގޮތުން، 20 ޓީމަށް ވުރެ ގިނައިން ރަޖިސްޓްރީ ވެފައިވާ ނަމަ، ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ 20 ޓީމަށް މަސްރޭހުން ފުރުސަތު ދޭނެ އެވެ.
ކޮންމެ މަސްރޭހެއްގައި ވެސް ޖުމްލަ 43،000ރ.ގެ ފައިސާގެ އިނާމު ހިމެނެ އެވެ. މީގެ ތެރޭގައި:
-
ޗެމްޕިއަން ޓީމް: 25،000ރ.
-
ދެވަނަ ޓީމް: 10،000ރ.
-
ތިންވަނަ ޓީމް: 5000ރ.
އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި އެންމެ ބަރު މަސްބާނާ ފަރާތަށް ވެސް 1000ރ.ގެ އިނާމު ދޭނެ އެވެ.
ފާހަގަކޮށްލެވޭ - އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެ ވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.
ކޮމެންޓް