'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ފޯރިގަދަ ހަރަކާތް. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުގެ ދެވަނަ ލޯންޗުގެ ނަސީބުވެރިޔަކަށް މުހައްމަދު ޔޫސުފް

ދިރާގު މޮބައިލް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން، މުހައްމަދު ޔޫސުފް ވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާ އެކު ހޯދާފައި
1 ގަޑިއިރު ކުރިން

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ލޯންޗު ލިބޭ ނަސީބުވެރިޔާ މިއަދު އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ނަސީބުވެރި ފަރާތް ހޮވައިފައިވަނީ، 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ފޯރިގަދަ އިވެންޓެއްގަ އެވެ.

ތަފްސީލް - ދިރާގު މޮބައިލް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާ އެކު ހާސިލްކުރީ މާލެއަށް އުފަން މުހައްމަދު ޔޫސުފް އެވެ.

މި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް އައްޔަންކޮށްފަ އެވެ. މިގޮތުން، ނެކްސާ އިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި ގުރުއަތު ނެގި ވަގުތު އެ ތަނުގައި ހަރަކާތްތެރިވެފަ އެވެ.

'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ގުރުއަތު ނެގުމަށް ބޭއްވި ހާއްސަ އިވެންޓުގައި އެކަތި ބޮޑުބެރު ގްރޫޕާއި މަޝްހޫރު ލަވަކިއުންތެރިޔާ ސަމީއުގެ ފޯރިގަދަ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފަ އެވެ. މި އިވެންޓްގެ ގުރުއަތު ނެގުމުގެ ބައި ވަނީ ޓީވީއެމް އާއި އެސްއެސްޓީވީ އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބުން ލައިވްކޮށްފަ އެވެ.

ފާހަގަކޮށްލެވޭ - ދިރާގަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މިފަދަ ހާއްސަ އަދި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުން އަންނަ ކުންފުންޏެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް