ވިލާ ސިމެންތި ބޭނުންކޮށްގެން އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ވިލާ)
ވިލާ ސިމެންތި: އިމާރާތްކުރުމުގައި 26 އަހަރުގެ އިތުބާރު
ވިހި އަހަރަށް ވުރެ ގިނަ ދުވަސްވަންދެން، ވިލާ ސިމެންތި ދެމިއޮތީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގަ އެވެ. އެގޮތުން، މުޅި ރާއްޖޭގައި އިމާރާތްތަކާއި ރިސޯޓްތަކާއި އާންމު އުމްރާނީ ވަސީލަތްތަކުގެ އިތުރުން ގައުމީ ފެންވަރުގެ ބޮޑެތި މަޝްރޫއުތައް ބިނާކުރުމަށް ވިލާ ސިމެންތިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ރާއްޖޭގެ ބާޒާރުގައި 26 އަހަރުގެ މަގުބޫލުކަމާ އެކު، ވިލާ ސިމެންތި ވެފައިވަނީ ކޮންޓްރެކްޓަރުންނާއި ބިލްޑަރުން އަދި އާންމުންގެ މެދުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ނަމަކަށެވެ. ކުދިކުދި މަރާމާތްތަކުން ފެށިގެން ބޮޑެތި އިމާރާތްތަކާ ހަމައަށް، ރާއްޖޭގެ ބިނާވެށީގެ އެކި ބޭނުންތަކަށް މި ބްރޭންޑުން އަންނަނީ މެދުކެނޑުމެއްނެތި ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ރިސޯޓް، ގެދޮރު އިމާރާތްކުރުން އަދި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުން ވިލާ ސިމެންތީގެ ހިއްސާ ފެންނަން އެބައޮތެވެ. މީގެ ތެރޭގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ބޮޑެތި ބިނާތައް ކަމަށްވާ ސިނަމާލެ ބްރިޖު ފަދަ މަޝްރޫއުތައް ހިމެނެ އެވެ.
ބާޒާރުގައި މި ބްރޭންޑް ދިގު މުއްދަތަކަށް ދެމިއޮތުމުން، އިމާރާތްކުރުމުގެ ސާމާނުގެ ފެންވަރު ހިފެހެއްޓުމާއި ކޮލިޓީ އަދި ޔަގީންކަން ބޭނުންވާ ފަރާތްތަކަށް ވިލާ ސިމެންތި ވެފައިވަނީ އެންމެ އިތުބާރު ހުރި ޗޮއިސްއަށެވެ.
ވިލާ ސިމެންތީގެ އެންމެ ބޮޑު އެއް ތަފާތަކީ އެއީ ރާއްޖޭގައި ބަންދުކުރާ ސިމެންތިއަކަށް ވުމެވެ. މީގެ ސަބަބުން ބާޒާރަށް އަބަދު ވެސް ތާޒާކަންމަތީ ސިމެންތި ފޯރުކޮށްދެވި، ބޭނުންކުރުމުގެ ކުރިން އޭގެ ކޮލިޓީ އެންމެ މަތީ ފެންވަރުގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ. ރާއްޖޭގެ މޫސުން ބަދަލުވާ ގޮތުން، ގުދަންކުރުމާއި ދަތުރުފަތުރުގެ ތެރޭގައި އިމާރާތްކުރުމުގެ ސާމާނަށް އަސަރުކޮށްފާނެތީ، ތާޒާކޮށް ޕެކްކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެކެވެ.
ވިލާ ސިމެންތި އުފައްދާފައިވަނީ ރާއްޖޭގެ މޫސުމާއި ފިނިހޫނުމިނަށް އެކަށޭނަ ގޮތަށެވެ. އަދި ދިގު ދަތުރުތަކުގަ އާއި ރަށްރަށަށް ސިމެންތި އުފުލުމުގައި އޭގެ ފެންވަރު ނުގެއްލޭނެ ގޮތަށް، ގަނޑުވުން ފަދަ ދަތިތަކުން ރައްކާތެރިކުރުމަށްޓަކައި ވިލާ ސިމެންތި ޕެކްކޮށްފައިވަނީ ޑަބަލް ލޭޔާޑް ނުވަތަ ދެ ފަށަލަ ހިމެނޭ ގޯނީގަ އެވެ.
ތާޒާކޮށް ޕެކްކުރެވޭ ސިމެންތިއަކަށް ވާތީ، ރަނގަޅު ގޮތުގައި ގުދަންކޮށްފި ނަމަ، 90 ދުވަހުގެ މުއްދަތަށް ވިލާ ސިމެންތި ރައްކާކުރެވޭނެ އެވެ. މިއީ އިމާރާތްކުރުމުގެ ނުވަތަ މަރާމާތުގެ މަސައްކަތްތައް ރާވާ ކޮންޓްރެކްޓަރުންނަށާއި ޑިވެލޮޕަރުންނަށް އަދި އާންމު ގޭބިސީތަކަށް ލިބޭ ބޮޑު ފަސޭހަ އެކެވެ.
ވޭތުވެދިޔަ 26 އަހަރުދުވަހު، ވިލާ ސިމެންތިން ވަނީ ދިވެހި ބިނާވެށި ބިނާކުރާ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ހޯދާފަ އެވެ. ރާއްޖޭގައި ބަންދުކުރުމުގެ ފައިދާ އާއި އިތުބާރު ހުރި ކޮލިޓީ އަދި ރާއްޖޭގެ މޫސުމާ ގުޅޭ ގޮތަށް އުފައްދާފައިވުމުން، ވިލާ ސިމެންތި ދެމިއޮތީ ރާއްޖޭގެ އެންމެ އިތުބާރު ލިބިފައިވާ ސިމެންތި ބްރޭންޑުގެ ގޮތުގަ އެވެ.
އިތުރު މައުލޫމާތު:
-
3348866
ކޮމެންޓް