އެކަތި ބޮޑުބެރު ގްރޫޕާއި މަޝްހޫރު ލަވަކިއުންތެރިޔާ ސަމީއުގެ ފޯރިގަދަ ހުށަހެޅުންތައް ފެނިގެންދާނެ.
ދިރާގުގެ ދެވަނަ ލޯންޗުގެ ނަސީބުވެރިޔާ ހޮވާނީ ފޯރިގަދަ ހަރަކާތްތަކާ އެކު
ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ލޯންޗުގެ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތު ނެގުމަށް ބާއްވާ ހާއްސަ ހަރަކާތް މާދަމާ ބާއްވާއިރު، އެ ތަނުގައި ފޯރިގަދަ ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މި އިވެންޓް އޮންނާނީ މާދަމާ ހަވީރު 4ގައި އާޓިފިޝަލް ބީޗުގަ އެވެ.
ތަފްސީލް - މި އިވެންޓްގައި:
-
އެކަތި ބޮޑުބެރު ގްރޫޕާއި މަޝްހޫރު ލަވަކިއުންތެރިޔާ ސަމީއުގެ ފޯރިގަދަ ހުށަހެޅުންތައް ފެނިގެންދާނެ
-
ކުޑަކުދިންނަށް ހާއްސަ ގޭމްތައް ހިމަނައިގެން ކިޑް ޒޯނެއް ހުންނާނެ
-
ފުޑް ސްޓޯލްތަކުން ރަހަމީރު ކާބޯތަކެތި އަޖުމަބަލާލުމުގެ ފުރުސަތު ލިބިގެންދާނެ
މި ޕްރޮމޯޝަންގެ ދެ ވަނަ ނަސީބުވެރިއާއަށް ވެސް ދިރާގުން ދޭނީ:
-
އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެއް
-
މިއީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ލޯންޗެއް
-
މި އުޅަނދުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް ހިމެނޭ
ދިރާގުން ދޭ ދެވަނަ ލޯންޗު ލިބޭނީ މިދިޔަ މާޗުގެ ނިޔަލަށް މި ޕްރޮމޯޝަންގައި އެންރޯލްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން މިދިޔަ މަހުގެ ނިޔަލަށް ލަކީޑްރޯގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށެވެ. މީގެ ތެރޭގައި ހިމެނެނީ:
-
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 450ރ. ނުވަތަ އެއަށް ވުރެ އިތުރަށް ރީލޯޑްކޮށްގެން ބައިވެރިވި ކަސްޓަމަރުން
-
ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށް ވުރެ މަތީ ޕްލޭންތަކަށް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. ނުވަތަ އެއަށް ވުރެ މަތިން ބިލް ދައްކައިގެން ބައިވެރިވި ކަސްޓަމަރުން
-
ދިރާގު ލިމިޓެއްނެތް ފައިބަ 40އެމް ނުވަތަ އެއަށް ވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުން
މީގެ އިތުރުން، ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން ތިބި ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނަށް އެންރޯލްކޮށް މި އަގުހުރި އިނާމް ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.
ކޮމެންޓް