އައިސް ޓީވީގެ ވޯލްޑް ކަޕް ކަވަރޭޖު އިނގިރޭސިބަހުން ގެނެސްދޭ ޓީމު.

މީޑިއާނެޓް

އައިސް ޓީވީން ވޯލްޑް ކަޕް މެޗުތަކުގެ ވާނުވާ އިނގިރޭސިބަހުން

ތަޖުރިބާކާރުންނާއި ޒުވާނުންގެ ޓީމެއް ގުޅިގެން ގެނެސްދޭ މި ކަވަރޭޖަކީ ދިވެހި ޗެނަލަކުން ވޯލްޑް ކަޕް ކަވަރޭޖެއް އިނގިރޭސިބަހުން ގެނެސްދޭ ފުރަތަމަ ފަހަރު
47 މިނިޓު ކުރިން

ވޯލްޑް ކަޕާއި އެ ނޫނަސް މޫސުމީ މުބާރާތްތަކުގައި ޓީވީ ޗެނަލްތަކުން ކަވަރޭޖު ގެނެސްދޭއިރު އެންމެ މުހިންމު އެއް ބަޔަކީ މެޗުގެ ކުރިންނާއި ހާފް ޓައިމް އަދި މެޗުގެ ފަހުން ގެނެސްދޭ ކަވަރޭޖެވެ.

ކުރީގެ ކުޅުންތެރިންނާއި ކޯޗުންނާއި ފުޓުބޯޅަ ދިރާސާކުރާ މީހުންގެ ވާހަކަތަކަށް ބެލުންތެރިންގެ ސަމާލުކަން ލިބެ އެވެ. ދެ ހާފު ދެމެދުގައި އޮންނަ 15 މިނެޓު ކުރުކޮށްލަނީ އެ މީހުންގެ ވާހަކަތަކާ އެއްބަސްވުމާއި ދެބަސްވުމުގެ ތެރެއިންނެވެ.

މިހާތަނަށް ރާއްޖޭގެ ޗެނަލްތަކުން މި ބައި ފެންނާނީ ދިވެހި ބަހުން ކުރިއަށްގެންދާ ތަނެވެ. އެކަމަކު މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ކަވަރޭޖުގައި ތަފާތެއް ފެންނާނެ އެވެ. މެޗުތަކުގެ އެނަލިސިސް، ދިވެހި ޗެނަލްތަކުން އިނގިރޭސިބަހުން އެ ކަވަރޭޖު އަޑުއަހާލަން ބޭނުންވާ ބެލުންތެރިންނަށް އެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

މީޑިއާނެޓުގެ އައިސް ޓީވީ (ޗެނަލް 888 އަދި ޗެނަލް 901)އިން މުޅި މުބާރާތުގެ ކަވަރޭޖު ގެނެސްދެމުން އެ އަންނަނީ އިނގިރޭސި ބަހުންނެވެ.

މިއީ ރާއްޖޭގައި ވޯލްޑް ކަޕްގެ ކަވަރޭޖު އިނގިރޭސިބަހުން ގެނެސްދޭ ފުރަތަމަ ފަހަރެވެ. މި ކަވަރޭޖު ގެނެސްދެނީ އައްޒާމް، ޖާވާ، މައުސް، އީމާން، ހުވޭ އަދި އީސަ އެވެ.

މި ޗެނަލްތައް ޓީވީގެ އިތުރުން މީޑިއާނެޓުގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ބަލައިލެވޭނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް