ގަވިން

ގަވިން

ގަވިންއިން ދޮރުފޮއްޗަށް %80އާ ހަމައަށް ޑިސްކައުންޓް ދެނީ

ކާޓެއިންސްގެ މިން ނެގުމާއި ހަރުކޮށްދިނުމުގެ ހިދުމަތް ވެސް އެ ކުންފުނިން ފޯރުކޮށްދޭ
1 ގަޑިއިރު ކުރިން

ގަވިންއިން އަމިއްލަ ފަރުމާއަށް ތައްޔާރުކުރާ ކާޓެއިންސް ނުވަތަ ދޮރުފޮއްޗަށް %80އާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައި ފިއެވެ.

ވީ ކިހިނެއް؟ - މި ޕްރޮމޯޝަނުގެ ދަށުން، ކަސްޓަމަރުން ބޭނުންވާ ގޮތަށް ފަރުމާކުރާ ހުރިހާ ވައްތަރެއްގެ ކާޓެއިންސްއަކުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބިގެންދާނެ އެވެ. މިއީ ރާއްޖޭގެ ގޭބިސީތަކަށް ފެންވަރު ރަނގަޅު، ހިތްގައިމު ކާޓެއިންސް އަތްފޯރާ ފަށެއްގައި ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މި ޕްރޮމޯޝަނުގައި 'ޝިއާ' އާއި 'ބްލެކްއައުޓް' ކާޓެއިންސްގެ އިތުރުން ތަފާތު ގިނަ ޑިޒައިންތަކުގެ ފޮތި ލިބެން ހުންނާނެ އެވެ. އެހެންކަމުން، ކޮންމެ ކަސްޓަމަރަކަށް ވެސް އެ މީހެއްގެ ގޭގެ އިންޓީރިއާ ޑިޒައިނާއި ބޭނުންވާ ފޮތީގެ ބާވަތަށް ބަލައި ކާޓެއިންސް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ގަވިން އިން ތައްޔާރުކުރާ ކޮންމެ ކާޓެއިންސްއަކީ ވެސް ކަސްޓަމަރުން ބޭނުންވާ ވަކި މިންތަކަކަށް، އެންމެ ފުރިހަމައަށް ތައްޔާރުކުރެވޭ އުފެއްދުންތަކެކެވެ.

މީގެ އިތުރުން، ކާޓެއިންސްގެ މިން ނެގުމާއި ހަރުކޮށްދިނުމުގެ ހިދުމަތް ވެސް އެ ކުންފުނިން ފޯރުކޮށްދެ އެވެ. މިއީ ފޮތި އިހްތިޔާރު ކުރުމުން ފެށިގެން، ކާޓެއިންސް ހަރުކޮށް ނިމެންދެން ކަސްޓަމަރުންނަށް ލިބޭ ފަސޭހައެކެވެ.

ގަވިން އިން ބުނި ގޮތުގައި، މި ޕްރޮމޯޝަނުގެ މަގުސަދަކީ ފެންވަރު ރަނގަޅު، ކަސްޓަމް ފަރުދާތައް ދިވެހި ހުރިހާ އާއިލާތަކަށް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މި ހާއްސަ ޕްރޮމޯޝަން މިހާރު ގަވިންގެ ހުރިހާ ޝޯރޫމްތަކެއްގައި ވަނީ ފަށާފަ އެވެ. އަދި ގިނަ ވައްތަރުތަކުގެ ފޮއްޗާއި ޑިޒައިންތައް ބަލާލުމަށް ހުޅުމާލޭގައި ހުންނަ ގަވިންގެ ޝޯރޫމަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް