ސީ ގިއާ އިން ރާއްޖެއަށް ތައާރަފުކުރި 'ސްކިޕާސް' މެރިން ޕެއިންޓް. (ފޮޓޯ/ސީ ގިއާ)

ސީ ގިއާ

ސީ ގިއާއިން އިޓަލީގެ 'ސްކިޕާސް' މެރިން ޕެއިންޓް ރާއްޖެއަށް ތައާރަފްކޮށްފި

ސްކިޕާސްގެ ކޯޓިން ސިސްޓަމްތަކަކީ ކަނޑުގެ މާހައުލަށް ފެތޭ، ލޮނުގެ އަސަރުން ރައްކާތެރިކޮށްދޭ އަދި އިރުގެ ދޯދިތަކުން ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދޭ ފެންވަރު ރަނގަޅު އުފެއްދުންތަކެއް
54 މިނިޓު ކުރިން

ސީ ގިއާ އިން އިޓަލީގެ މަޝްހޫރު މެރިން ޕެއިންޓް ބްރޭންޑް، 'ސްކިޕާސް' ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

މި ބްރޭންޑް ތައާރަފުކުރުމާ އެކު، ރާއްޖޭގެ އޮޑިވެރިންނަށާއި ކަނޑުދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށާއި ރިސޯޓުތަކަށާއި ބޯޓުޔާޑުތަކުގެ އިތުރުން މި ދާއިރާގައި މަސައްކަތްކުރާ ފަންނީ ފަރާތްތަކަށް އިޓަލީގެ މަތީ ފެންވަރުގެ ޔޮޓް ޕެއިންޓާއި ކޯޓިން ސިސްޓަމްތައް މިހާރު ލިބޭނެ އެވެ.

ސީ ގިއާ އިން ބުނި ގޮތުގައި، ސްކިޕާސްގެ ކޯޓިން ސިސްޓަމްތަކަކީ ކަނޑުގެ މާހައުލަށް ފެތޭ، ލޮނުގެ އަސަރުން ރައްކާތެރިކޮށްދޭ އަދި އިރުގެ ދޯދިތަކުން ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދޭ ފެންވަރު ރަނގަޅު އުފެއްދުންތަކެކެވެ. މީގެ ތެރޭގައި ހިމެނޭ 'އެކްރިގްލާސް' ފަދަ ޕޮލީޔުރެތިން ސިސްޓަމްތަކަކީ ކުލަ ފަނޑުނުވެ، ގިނަ ދުވަހު އޮމާންކަމާއި ވިދުން ދަމަހައްޓައިދޭ، ކެމިކަލްތަކުގެ އަސަރުން ރައްކާތެރިކޮށްދޭ އަދި ބޭނުންކޮށްލަން ފަސޭހަ އުފެއްދުންތަކެކެވެ.

ރާއްޖެ ފަދަ ހޫނުގަދަ އަދި ލޮނުގެ އަސަރު ގަދަ މާހައުލުގައި ދުވާލަކު އެތައް ގަޑިއިރަކު ދަތުރުކުރާ އުޅަނދުފަހަރަށް މިފަދަ ފެންވަރު ރަނގަޅު ކޯޓިން ސިސްޓަމްތަކެއް ބޭނުންވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ސީ ގިއާ އިން ބުންޏެވެ. މި އުފެއްދުންތަކުގެ ސަބަބުން އުޅަނދުފަހަރުގެ ބޭރާއި ޑެކާއި ދަގަނޑު އަދި ލަކުޑީގެ ބައިތައް ރައްކާތެރިކޮށްދޭނެ އެވެ. އަދި އުޅަނދުގައި ފެހި ޖެހުން ކުޑަކޮށްދީ، ދުވެލި ހަލުވިކުރުމަށާއި މަރާމާތުގެ ހަރަދު ކުޑަކުރުމަށް އެހީތެރިވެދޭނެ އެވެ.

ސީ ގިއާ އިން ރާއްޖެއަށް ތައާރަފުކުރި 'ސްކިޕާސް' މެރިން ޕެއިންޓް. (ފޮޓޯ/ސީ ގިއާ)

ސްކިޕާސް ލައިން

1947 ވަނަ އަހަރުން ފެށިގެން ކުލަ އާއި ދަވާދު އުފެއްދުމުގައި ނަން މަޝްހޫރު އިޓަލީގެ 'އޭމީ ކޮލޯރީ' ކުންފުނީގެ ހާއްސަ ބްރޭންޑެކެވެ. އިޓަލީގެ އަލްޒާނޯ ލޮމްބާޑޯގައި 'ކޮލޮރިފިސިއޯ ލޮމްބާޑޯ'ގެ ނަމުގައި ފެށި މި ކުންފުނިން އެންމެ ފުރަތަމަ އުފެއްދީ އާދައިގެ ކުލަ އާއި ޕްރައިމަރެވެ. ނަމަވެސް ފަހުން ވަނީ ހާއްސަ ކޯޓިންތައް އުފެއްދުމަށް މަސައްކަތް ފުޅާކޮށްފައެވެ.

މި ކުންފުނިން 1975 ވަނަ އަހަރު ރަނިކާގައި އާ ފެކްޓްރީއެއް ބިނާކޮށް، އާ އުފެއްދުންތަކާއި ފަންނީ ފަރާތްތަކަށް ބޭނުންވާ ހާއްސަ ކޯޓިންތައް ތަރައްގީކުރުމަށް އިސްކަންދޭން ފެށި އެވެ. އަދި 2001 ވަނަ އަހަރު، 1890 ވަނަ އަހަރުން ފެށިގެން މެރިން ކޯޓިން އުފައްދަމުން އައި ވެނީސްގެ 'ކޮލޮރިފިސިއޯ ބަސެޖިއޯ' ކުންފުނި އޭމީ ކޮލޯރީގެ ދަށަށް ގެނައުމާ އެކު، ސްކިޕާސް ބްރޭންޑް އިތުރަށް ވަރުގަދަވެގެންދިޔަ އެވެ.

ސްކިޕާސްގެ އުފެއްދުންތަކުގެ ތެރޭގައި ވާނީޝް، އެޕޮކްސީ ޕްރައިމަ، ފިނިޝިން ޕެއިންޓް، ފިލާސް، ތިނާ އަދި ތީކް ލަކުޑި ބަލަހައްޓަން ބޭނުންކުރާ ސާމާނު ހިމެނެ އެވެ. މި އުފެއްދުންތަކަކީ ފައިބަރު، ދަގަނޑު، އެލްމިނިއަމް އަދި ލަކުޑީގައި ބޭނުންކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ތަކެތި ކަމަށްވުމުން، މިއީ ރާއްޖޭގައި ބޭނުންކުރާ ތަފާތު ބާވަތްތަކުގެ އުޅަނދުފަހަރަށް ވަރަށް އެކަށީގެންވާ އުފެއްދުންތަކެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް