އޮޓޯޕޭ މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑުގެ މައުލޫމާތު ރައްކާތެރިކަމާ އެކު ސޭވްކޮށް، އުރީދޫ އެޕް މެދުވެރިކޮށް ގަވާއިދުން ކުރަންޖެހޭ މުއާމަލާތްތައް ތާވަލުކުރެވޭނެ.

އުރީދޫ

އުރީދޫގެ 'އޮޓޯޕޭ'ގައި ބިލު ދައްކަން ބޭނުންވާ ދުވަހެއް ހިޔާރުކުރެވޭ ގޮތް ހަދައިފި

މި ފީޗާގެ ދަށުން މަހުން މަހަށް ދައްކަންޖެހޭ ބިލްތަކާއި ޕްރީޕެއިޑް ރީޗާޖްތަކާ އަދި އެޑް-އޯންތައް ގަތުން ފަދަ ތަފާތު ކަންކަމަށް އޮޓޯޕޭ ސެޓްކުރެވޭނެ
1 ގަޑިއިރު ކުރިން

އުރީދޫ އެޕްގައި ހިމެނޭ 'އޮޓޯޕޭ' ފީޗާ މެދުވެރިކޮށް، ކަސްޓަމަރުން ބޭނުންވާ ދުވަހެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި ޕްރީޕެއިޑް ރީޗާޖްކުރުމާއި ނުވަތަ އެޑް-އޯންތައް ގަނެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހަދައިފި އެވެ.

ތަފްސީލް - މިއީ ކަސްޓަމަރުން ބޭނުންވާ ތާރީހެއްގައި ރައްކާތެރިކަމާ އެކު އޮޓޮމެޓިކުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދީ، މެދުކެނޑުމެއްނެތި ހިދުމަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ. މުސާރަ ލިބޭ ދުވަހާ ދިމާކޮށް ނުވަތަ މަހުގެ ބަޖެޓާ އެއްގޮތަށް ނުވަތަ ކަސްޓަމަރަށް އެންމެ ފަސޭހަ ތާރީހެއްގައި ފައިސާ ދެއްކުމަށް އޮޓޯޕޭ ސެޓްކޮށްލުމުން، އަމިއްލައަށް ފައިސާ ދެއްކުމުގެ ބަދަލުގައި އޮޓޮމެޓިކުން މުއާމަލާތްތައް ނިންމާލަދޭނެ އެވެ.

އޮޓޯޕޭ މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑުގެ މައުލޫމާތު ރައްކާތެރިކަމާ އެކު ސޭވްކޮށް، އުރީދޫ އެޕް މެދުވެރިކޮށް ގަވާއިދުން ކުރަންޖެހޭ މުއާމަލާތްތައް ތާވަލުކުރެވޭނެ އެވެ. މިއާ އެކު، ބިލް ނުދެއްކިގެން ހިދުމަތް މެދުކެނޑުމުގެ ބިރު ނެތި، ކަނޑައަޅާފައިވާ ދުވަހު އޮޓޮމެޓިކުން ފައިސާ ދައްކައިދޭނެ އެވެ.

މި ފީޗާގެ ދަށުން މަހުން މަހަށް ދައްކަންޖެހޭ ބިލްތަކާއި ޕްރީޕެއިޑް ރީޗާޖްތަކާ އަދި އެޑް-އޯންތައް ގަތުން ފަދަ ތަފާތު ކަންކަމަށް އޮޓޯޕޭ ސެޓްކުރެވޭނެ އެވެ. އަދި މި ހުރިހާ ކަމެއް ވެސް އުރީދޫ އެޕް މެދުވެރިކޮށް ބަލަހައްޓައި ބަދަލުތައް ގެނެވޭނެ އެވެ.

އޮޓޯޕޭ ސެޓްއަޕް ކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެގޮތުން:

  • ކޮންމެ މުއާމަލާތެއް ކުރާއިރު ވެސް ކަސްޓަމަރު ބޭނުންވާ ކާޑެއް ސޭވްކޮށްލެވޭނެ 

  • އެއަށް ފަހު، އުރީދޫ އެޕްގެ 'މޯ' މެނޫން 'އޮޓޯޕޭ' ބަޔަށް ގޮސް، އޮޓޮމެޓިކުން ފައިސާ ދައްކަން ބޭނުންވާ ހިދުމަތް ހިޔާރުކޮށް، އެންމެ އެކަށީގެންވާ ދުވަސް ކަނޑައެޅޭނެ

ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، އުރީދޫން އަންނަނީ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާއި ބާރުވެރިކަން ލިބޭނެ ފަދަ ހިދުމަތްތަކާއި ފީޗާތައް ތަޢާރަފުކުރަމުންނެވެ.

  • އިތުރު މައުލޫމާތު - އުރީދޫގެ 'އެވީ' ވާޗުއަލް އެސިސްޓަންޓް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް