ގިނަ ބިލްތައް ދައްކާ ކަސްޓަމަރުންނަށް ބާލީ ދަތުރު ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރުވެގެން ދާނެ.
ދިރާގުޕޭން ބިލު ދައްކައިގެން 2 މީހަކަށް ބާލީ ދަތުރެއް ހޯދުމުގެ ފުރުސަތު
ދިރާގުޕޭ މެދުވެރިކޮށް ދިރާގު ބިލްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް، އިންޑޮނޭޝިއާގެ ބާލީގައި ދެ މީހަކަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ކަސްޓަމަރުންގެ މެދުގައި ޑިޖިޓަލްކޮށް ފަސޭހަކަމާ އެކު ފައިސާ ދެއްކުމުގެ އާދަ އަށަގެންނެވުމާއި ދިރާގުޕޭގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ އަގުވަޒަންކޮށް އަގުހުރި އިނާމެއް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
ތަފްސީލް - އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން:
-
ދިރާގުޕޭ މެދުވެރިކޮށް ދައްކާ ކޮންމެ ދިރާގު ބިލަކީ ގުރުއަތުގައި ބައިވެރިވުމަށް އިތުރު ފުރުސަތު ލިބޭނެ ކަމެއް
-
ގިނަ ބިލްތައް ދައްކާ ކަސްޓަމަރުންނަށް ބާލީ ދަތުރު ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރުވެގެން ދާނެ
މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބޭ މި ދަތުރުގައި:
-
ދެ މީހަކަށް ބާލީއަށް ދިއުމުގެ ދެކޮޅު ޓިކެޓު
-
ހުރުމުގެ އިންތިޒާމު
-
ޓްރެވަލް އެޖެންސީން ފަރުމާކޮށްފައިވާ ހާއްސަ ޓުއާއެއް
ކޮމެންޓް