ވަކި ޕްކޭޖްތައް ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނަށް ދިރާގު ލިމިޓެއްނެތް ފައިބަ ޕްލޭންތަކަށް އެއްވެސް އިތުރު ފީއަކާ ނުލާ މި މަހުގެ ނިޔަލަށް އަޕްގްރޭޑްކުރެވޭނެ.
ދިރާގުގެ އާ ޕްރޮމޯޝަނެއް: ލިމިޓެއްނެތް ފައިބައަށް ހިލޭ އަޕްގްރޭޑް ކުރެވޭނެ
ދިރާގު ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެއްވެސް އިތުރު ފީއަކާ ނުލާ ދިރާގު ލިމިޓެއްނެތް ފައިބަ ޕްލޭންތަކަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަންގެ ދަށުން، ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ މަސްދުވަހުގެ މުއްދަތަށް އިތުރު ފީއަކާ ނުލާ ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގުގެ ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ކަނޑައެޅިފައިވާ ވަކި ޕްކޭޖްތައް ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނަށް ދިރާގު ލިމިޓެއްނެތް ފައިބަ ޕްލޭންތަކަށް އެއްވެސް އިތުރު ފީއަކާ ނުލާ މި މަހުގެ ނިޔަލަށް އަޕްގްރޭޑްކުރެވޭނެ އެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ދަށުން:
-
ފައިބަ 5އެމް ސްޓާޓާ، ފައިބަ 5އެމް ބޭސިކް، ފައިބަ 5އެމް، ފައިބަ 10އެމް ބޭސިކް އަދި ފައިބަ 15އެމް ސްޓާޓާގެ އިތުރުން ޝަރުތު ހަމަވާ އެހެނިހެން ޕެކޭޖުތައް ބޭނުންކުރާ ކަސްޓަމަރުންނަށް ލިމިޓެއްނެތް ފައިބަ ޕެކޭޖަށް ހިލޭ އަޕްގްރޭޑް ކުރެވޭނެ
-
ޕެކޭޖު އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އަޕްގްރޭޑް ޕޯޓަލް ނުވަތަ މައި އެކައުންޓް މެދުވެރިކޮށް މި ހިދުމަތް ފަސޭހަކަމާ އެކު ހޯދޭނެ
-
ދިރާގުގެ ކަސްޓަމަ ސާވިސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ވެސް ޕެކޭޖް އަޕްގްރޭޑް ކުރެވޭނެ
ފާހަގަކޮށްލެވޭ - ރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ދިރާގުން އަންނަނީ އީޖާދީ އުފެއްދުންތަކާއި އާ ހިދުމަތްތައް މެދުވެރިކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދިނުމަށްޓަކައި އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް