ފައިނޭންޝަލް އެކްސްޕޯގައި ހުރި އެމްއައިބީގެ ސްޓޯލް. (ފޮޓޯ/އެމްއައިބީ)

އެމްއައިބީ

ފައިނޭންޝަލް އެކްސްޕޯގައި އެމްއައިބީން 50،000ރ.ގެ އިނާމެއް

މީގެ އިތުރުން، އެމްއައިބީން ނަސީބުވެރި އެކަކަށް ދިނުމަށް ހަމަޖެހިފައިވާ ސަޕްރައިޒް ބޮޑު އިނާމެއް ވެސް އެ ބޭންކުން ވަނީ އިއުލާންކޮށްފައި
58 މިނިޓު ކުރިން

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ނިމޭ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގެ ހަރަކާތްތަކުގެ ތެރެއިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް 50،000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ތަފްސީލް - އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންނަށް އެމްއައިބީގެ 'ވިޒިޓް އެންޑް ވިން' ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި ގުރުއަތުން ހޮވޭ މީހަކަށް 50،000ރ. ލިބޭނެ އެވެ.

މީގެ އިތުރުން، އެމްއައިބީން ނަސީބުވެރި އެކަކަށް ދިނުމަށް ހަމަޖެހިފައިވާ ސަޕްރައިޒް ބޮޑު އިނާމެއް ވެސް އެ ބޭންކުން ވަނީ އިއުލާންކޮށްފަ އެވެ.

ފާހަގަކޮށްލެވޭ - ފައިނޭންޝަލް އެކްސްޕޯގައި އެމްއައިބީން ބައިވެރިވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މިއީ މާލީ އިދާރާތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އާންމުން އެއްތަނަކުން ބައްދަލުވެ، މާލީ އުފެއްދުންތަކާއި ހިދުމަތްތައް ކުރިއަރުވައި އެކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ އެކްސްޕޯ އެކެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން މިދިޔަ ބުރާސްފަތި ދުވަހު ފެށި ފައިނޭންޝަލް އެކްސްޕޯ މިރޭ 10އަށް އޮންނާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް