ބީއެމްއެލް އިން މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ހިދުމަތަށް ގެނައި ހެޔޮ ބަދަލުތައް ތައާރަފްކުރަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް ކާޑު މެޝިނަށް ދޫކުރާ ފައިނޭންސިން 5 ދުވަހުން ލިބޭ ގޮތަށް ހަދައިފި

ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ
56 މިނިޓު ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ފައިނޭންސް ފަސް ދުވަހުގެ ތެރޭގައި ލިބޭ ގޮތަށް ހަދައި ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ތަފްސީލް - މި ހިދުމަތަށް އެދި ހުށަހެޅުމުގެ މަރުހަލާ އިތުރަށް ފަސޭހަކޮށް:

  • 5 ދުވަހުގެ ތެރޭގައި ފައިނޭންސިން ލިބޭނެ 

  • ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ

ބީއެމްއެލް އިން މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ހިދުމަތަށް ގެނައި ހެޔޮ ބަދަލުތައް ތައާރަފްކުރަނީ. (ފޮޓޯ/ބީއެމްއެލް)

މި ފައިނޭންސަށް އެދި ހުށަހެޅޭނީ:

  • ބީއެމްއެލް މާޗަންޓް ހިދުމަތް މެދުވެރިކޮށް މަދުވެގެން 6 މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށް 

  • މަހަކު އެވްރެޖްކޮށް ބީއެމްއެލް ކާޑުން 20،000ރ.ގެ ވިޔަފާރިކޮށްފައިވުމާ އެކު، އެއްވެސް މާލީ އިދާރާއަކަށް ފައިސާ ދައްކަންޖެހި ނުދައްކައި އޮވެގެން ނުވާނެ 

  • މި ފައިނޭންސިން އަނބުރާ ދެއްކުމުގައި ވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައި؛ ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން މި ފައިނޭންސިންއަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައި

ބީއެމްއެލް އިން މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ހިދުމަތަށް ގެނައި ހެޔޮ ބަދަލުތައް ތައާރަފްކުރަނީ. (ފޮޓޯ/ބީއެމްއެލް)

މި ހިދުމަތަށް އެދި ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް އެޕްގެ މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ބުނީ ކީކޭ؟ - "މިއީ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފުޅާކޮށް، އިތުރަށް ވަރުގަދަކުރުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

"ފައިނޭންސިންއަށް އެދި ހުށަހަޅާ ޕްރޮސެސް ފަސޭހަކޮށްދީ، ފައިނޭންސިންގެ ސްކޯޕް އިތުރަށް ފުޅާކޮށް، އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ މާޗަންޓުންގެ ވިޔަފާރިއަށް ބޭނުންވާ މާލީ އެހީތައް ފަސޭހަކަމާ އެކު ހަމަޖައްސައިދީ، ވިޔަފާރިތައް އިތުރަށް ކުރިއެރުވުން."

ބީއެމްއެލް އިން މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ހިދުމަތަށް ގެނައި ހެޔޮ ބަދަލުތައް ތައާރަފްކުރަނީ. (ފޮޓޯ/ބީއެމްއެލް)

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް