ފައިނޭންޝަލް އެކްސްޕޯގައި، ދާދި ފަހުން ތައާރަފުކުރި، އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތް ވެސް ދައްކާލާނެ.

އުރީދޫ

އުރީދޫގެ ފުޅާވަމުން އަންނަ ފިންޓެކް ހިދުމަތްތައް ފައިނޭންޝަލް އެކްސްޕޯއަށް

މި އެކްސްޕޯ އޮންނާނީ މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކޮންމެ ދުވަހެއްގެ ހަވީރު 3 އިން ރޭގަނޑު 10އަށް
1 ގަޑިއިރު ކުރިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ 'މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026'ގެ ޕާޓްނަރަކަށް އުރީދޫ ވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި އެކްސްޕޯ އޮންނާނީ މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކޮންމެ ދުވަހެއްގެ ހަވީރު 3 އިން ރޭގަނޑު 10 އަށެވެ.

މި އެކްސްޕޯއަކީ މާލީ ދާއިރާގެ މުހިންމު ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މާލީ ހޭލުންތެރިކަމާއި އީޖާދީ ކަންކަމާ އަދި މާލީ ކަންކަމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ ހަރަކާތެކެވެ.

ތަފްސީލް - މި އެކްސްޕޯގައި، އުރީދޫ ފިންޓެކްގެ ފަރާތުން އެ ކުންފުނީގެ ފުޅާވަމުން އަންނަ ޑިޖިޓަލް މާލީ ނިޒާމު ދައްކާލާނެ އެވެ. މީގެ ތެރޭގައި ދާދި ފަހުން ތައާރަފުކުރި، އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތް ހިމެނެ އެވެ. އެގޮތުން:

  • މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރުގެ ފައިސާ، ސީދާ އެމް-ފައިސާ ވޮލެޓަށް ލިބޭނެ މަގު ފަހިވެގެންދޭ

  • މިއީ ފްރީލާންސަރުންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އުފެއްދުންތެރިންގެ އިތުރުން އެހެނިހެން ވިޔަފާރިތަކަށް ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ބައިވެރިވުމަށް ލިބިގެން އަންނަ ވަރަށް ބޮޑު ފުރުސަތެއް

މީގެ އިތުރުން، އުރީދޫގެ ހެޑް އޮފް ފިންޓެކް އަހުމަދު ނޫމާން، ޑިޖިޓަލް ޕޭމަންޓްތަކާއި މާލީ އީޖާދުތަކުގެ މުސްތަގުބަލާ ބެހޭ ގޮތުން ބާއްވާ ޕެނަލް މަޝްވަރާއެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި މަޝްވަރާގައި ހިމެނޭނީ:

  • ޑިޖިޓަލް މާލީ ހިދުމަތްތަކުގެ ސަބަބުން މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުވަމުންދިއުން 

  • ބައިނަލްއަގުވާމީ ބާޒާރުތަކަށް މަގުފަހިވަމުންދާ ގޮތުގެ މައްޗަށް އޭނާގެ ތަޖުރިބާ ހިއްސާކުރައްވާނެ

މި އެކްސްޕޯގައި އުރީދޫގެ ސްޓޯލަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން އާންމުންނަށް ދައުވަތުދެ އެވެ. މިއީ އެމް-ފައިސާއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށާއި އުރީދޫގެ ފުޅާވަމުން އަންނަ ޑިޖިޓަލް މާލީ ނިޒާމުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކުރިއެރުން ލިބެމުންދާ ގޮތް ދެނެގަތުމަށް ލިބޭ ރަނގަޅު ފުރުސަތެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް