ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

ކުދި ވިޔަފާރިތަކުގެ ދަތުރުގެ އެންމެ މުހިންމު ބައިވެރިޔަކީ އެސްއެމްއީ ޑިޖިޓަލް

އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރަނީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ކުރިއަށްދަމުންދާ އަދި މުޅި ގައުމުގައި ފުރުސަތުތައް އުފައްދަމުންދާ އެތައް ހާސް މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ސާބިތުކަމާއި އާ އީޖާދުތަކާއި ހޯދާފައިވާ ކާމިޔާބީތައް
1 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ކޮންމެ ކުދި ވިޔަފާރިއެއްގެ ފަހަތުގައިވަނީ ސާބިތުކަމުގެ ވާހަކައެކެވެ.

އެއީ ރަނގަޅު ވަސީލަތަކަށް އިންވެސްޓްކުރާ ދަނޑުވެރިޔާ އެވެ. އުފެއްދުންތެރިކަން އިތުރުކޮށް، މަސްވެރިކަން ފުޅާކުރާ މަސްވެރިޔާ އެވެ. އިރުއެރުމުގެ ކުރިން ކެފޭގެ ދޮރުތައް ހުޅުވާލާ ވިޔަފާރިވެރިޔާ އެވެ. އަމިއްލަ އުފެއްދުންތެރިކަން އާމްދަނީ ހޯދާ ވަސީލަތަކަށް ބަދަލުކުރާ ކޮންޓެންޓް ކްރިއޭޓަރެވެ. އާއިލީ ޒިންމާތަކާ އެކު ގޭގައި އިނދެގެން ވިޔަފާރި ބިނާކުރާ އަންހެން ވިޔަފާރިވެރިޔާ އެވެ.

މިއީ ވަޒީފާގެ ފުރުސަތުތައް އުފައްދައި މުޖުތަމައުތައް ހަރުދަނާކޮށް، މުޅި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ހިއްސާވާ ވިޔަފާރިވެރިންނެވެ.

  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް 2026 ފާހަގަކުރަމުން އަންނައިރު، އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރަނީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ކުރިއަށްދަމުންދާ އަދި މުޅި ގައުމުގައި ފުރުސަތުތައް އުފައްދަމުންދާ އެތައް ހާސް މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ސާބިތުކަމާއި އާ އީޖާދުތަކާއި ހޯދާފައިވާ ކާމިޔާބީތަކެވެ.

ގިނަ ވިޔަފާރިވެރިންނަށް، މި ދަތުރު ފެށެނީ އާދައިގެ ހިޔާލަކުންނެވެ. އެ ހިޔާލު ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއަކަށް ބަދަލުކުރުމަށްޓަކައި ގިނަ ފަހަރަށް މާލީ އެހީތެރިކަމާއި އިރުޝާދާއި މައުލޫމާތާއި މެދުނުކެނޑި ލިބޭ އެއްބާރުލުން ބޭނުންވެ އެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އެސްއެމްއީ ޑިޖިޓަލްއިން މުހިންމު ދައުރެއް އަދާކުރަމުންދާ ދާއިރާ އެވެ.

  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

ވިޔަފާރި ފެށުމުން ފެށިގެން ފުޅާކުރުމާ ހަމައަށް: އެހީތެރިކަމުގެ ފުރިހަމަ ނިޒާމެއް

ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އެސްއެމްއީ ޑިޖިޓަލްއިން ވަނީ ކުންފުނީގެ މާލީ އެހީތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކޮށްފައެވެ. މިއީ ވިޔަފާރީގެ ކޮންމެ މަރުހަލާއެއްގައިވާ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލެވިފައިވާ ފުރިހަމަ ނިޒާމެކެވެ.

މިއަދު، ވިޔަފާރިވެރިންނަށް ވިޔަފާރި ފެށުމުން ފެށިގެން ފުޅާކުރުމާ ހަމައަށް ބޭނުންވާ މާލީ އެހީތެރިކަމުގެ ފުރިހަމަ ޕެކޭޖުތަކެއް ލިބެން ހުންނާނެ އެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެމީހުންގެ ހިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.

ވިޔަފާރިތައް ކުރިއަރަމުންދާވަރަކަށް، އެ ވިޔަފާރިތަކަށް ބޭނުންވާ އެކި ބާވަތުގެ މާލީ އެހީތެރިކަން ހޯދިދާނެ އެވެ. މީގެ ތެރޭގައި ވޯކިން ކެޕިޓަލް ފައިނޭންސިން، އެސެޓް ފައިނޭންސިން، ބިޒްނަސް އެކްސްޕެންޝަން ފައިނޭންސިން، އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ފައިނޭންސިން، ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ފައިނޭންސިން އަދި ދަނޑުވެރިކަމާއި މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ސިނާއަތްތަކަށް ހާއްސަ ފައިނޭންސިން ހިމެނެ އެވެ.

މި ނިޒާމުގެ ސަބަބުން، ވިޔަފާރިތައް ތަރައްގީވަމުން އަންނަ ވަރަކަށް މެދުނުކެނޑި އެހީތެރިކަން ލިބި، ވިޔަފާރި ގާއިމުކުރުމަށާއި ދެމެހެއްޓުމަށާއި ސިންދަފާތުކުރުމަށާ އަދި ފުޅާކުރުމަށް މަގުފަހިވެގެންދެ އެވެ. މިއީ ރަށު ފެންވަރުގައި އިގްތިސާދީ ތަރައްގީއަށް ލިބޭ ބޮޑު ބާރެކެވެ.

  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

"ކުދި ވިޔަފާރިވެރިންނަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އެންމެ މުހިންމު ހިއްސާއެއްވާ ފަރާތްތައް. ކޮންމެ ވިޔަފާރިއަކީ އާއިލާއަކަށާއި މުޖުތަމައަކަށާ އަދި އަޅުގަނޑުމެންގެ އިގްތިސާދުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް،" އެމްއެސްއެމްއީ ދުވަހާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން، އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި އެވެ.

"އެމްއެސްއެމްއީ ދުވަހު، ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިން ކުރައްވާ ބުރަ މަސައްކަތަށާއި ދައްކަވާ ސާބިތުކަމަށާއި ގައުމު ބިނާކުރުމަށް ދެއްވާ ހިއްސާއަށްޓަކައި މަރުހަބާ ދަންނަވަން. އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ، ވިޔަފާރިވެރިންނަށް ކާމިޔާބު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ފުރުސަތުތައް ފަހިކޮށްދިނުން. އަޅުގަނޑުމެންގެ އަމާޒަކީ ވިޔަފާރިތަކުގެ ކުރިއެރުމުގެ ކޮންމެ މަރުހަލާއެއްގައިވެސް އެހީތެރިކަން ފޯރުކޮށްދީ، ދިވެހިރާއްޖޭގެ ހުރިހާ ކުދި ވިޔަފާރިތަކަށް އަޅުގަނޑުމެންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބުން."

  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

ހިދުމަތްތައް މުޖުތަމައުތަކާ ގާތަށް

މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމަކަށްވީ ނަމަވެސް، އެސްއެމްއީ ޑިޖިޓަލްގެ މަސައްކަތްތައް ހަމައެކަނި ފައިނޭންސިންއަށް ވުރެ ފުޅާވެގެންވެ އެވެ.

މި މަހުގެ ނިޔަލަށް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ވިޔަފާރިވެރިންނާއި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. މީގެ ތެރޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި މައުލޫމާތު ސެޝަންތަކާއި ވިޔަފާރި މަޝްވަރާތަކުގެ އިތުރުން މުޖުތަމައުތަކާ ގުޅިގެން ހިންގުނު ތަފާތު ހަރަކާތްތައް ހިމެނެ އެވެ.

މި މުއްދަތުގެ ތެރޭގައި އެސްއެމްއީ ޑިޖިޓަލްއިން ވަނީ 1,000އަށް ވުރެ ގިނަ ކުދި ވިޔަފާރިވެރިންނާއި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މާލީ އެހީތެރިކަމުގެ ފުރުސަތުތަކާއި ވިޔަފާރި ތަރައްގީކުރުމާއި މާލީ ހިންގުމުގެ އިތުރުން ވިޔަފާރިވެރިކަމާ ގުޅޭ ގޮތުން އިރުޝާދު ދީފަ އެވެ.

  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

މި އަހަރުގެ ތެރޭގައި ހދ. ކުޅުދުއްފުށި، ފުވައްމުލައް އަދި އައްޑޫގައި ބޮޑެތި ހަރަކާތްތަކެއް ހިންގާފައިވެ އެވެ. މި ހަރަކާތްތަކުގައި ވިޔަފާރިވެރިންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތައް ބައިވެރިވި އެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ފައިނޭންސިންއާ ބެހޭ މައުލޫމާތާއި ވަކިވަކި މަޝްވަރާތަކާއި ފޯމު ފުރުމުގެ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އަމަލީ އިރުޝާދުތައް ފޯރުކޮށްދެވުނެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ ހަރަކާތްތަކުގެ ބައެއްގެ ގޮތުން، އެސްއެމްއީ ޑިޖިޓަލްއިން ވަނީ ކ. ހުރާއަށް ޒިޔާރަތްކޮށް އެ ރަށުގެ ވިޔަފާރިވެރިންނާއި އާންމުންނާ ބައްދަލުކުރުން ދަނީ ކުރިއަށެވެ. މި ދަތުރުގައި ލިބެން ހުރި މާލީ އެހީތެރިކަމާއި ވިޔަފާރި އެހީތެރިކަމުގެ ހިދުމަތްތަކަށް ހޭލުންތެރިކަން އިތުރުކޮށް، ވިޔަފާރި ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހާއްސަ އިރުޝާދުތައް ދެވުނެވެ.

ފައިނޭންސިންގެ އިތުރުން: ވަރުގަދަ ވިޔަފާރިތަކެއް ބިނާކުރުން

ވިޔަފާރިވެރިންނަށް އެހީތެރިވުމަކީ ހަމައެކަނި މާލީ އެހީ ފޯރުކޮށްދިނުމެއް ނޫނެވެ. އެއީ ވިޔަފާރީގެ ނިންމުންތައް ރަނގަޅަށް ނިންމުމަށް ބޭނުންވާ މައުލޫމާތާއި އިތުބާރާއި ހުނަރު ވެސް ފޯރުކޮށްދިނުމެވެ.

މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރި މަޝްވަރާ ދިނުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން، އެސްއެމްއީ ޑިޖިޓަލްއިން ދަނީ ވިޔަފާރިވެރިންގެ މާލީ ހިންގުން ހަރުދަނާކުރުމަށާއި ހިސާބުތައް ބެލެހެއްޓުން ރަނގަޅުކުރުމަށާއި ފައިނޭންސިންއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއެރުވުމުގެ އުކުޅުތައް ތަރައްގީކުރުމަށް އެހީތެރިވަމުންނެވެ.

  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

މި މަސައްކަތްތަކުގެ މަގުސަދަކީ ގޮންޖެހުންތަކުން އަރައިގަނެ، ފުރުސަތުތަކުގެ ބޭނުން ހިފައި، މުޖުތަމައަށާއި ގައުމީ އިގްތިސާދަށް ފައިދާހުރި ވަރުގަދަ ވިޔަފާރިތަކެއް ބިނާކުރުމެވެ.

އެސްއެމްއީ 360: ވިޔަފާރީގެ ކޮންމެ މަރުހަލާއަކަށް އެހީތެރިކަން

މިދިޔަ އޭޕްރިލް މަހު އެސްއެމްއީ ޑިޖިޓަލްއިން ވަނީ 'އެސްއެމްއީ 360' އިފްތިތާހުކޮށްފަ އެވެ. މިއީ ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަމާއި ވިޔަފާރީގެ މައުލޫމާތާއި ބޭނުންތެރި ވަސީލަތްތަކާއި މާހިރުންގެ އިރުޝާދު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.

އެސްއެމްއީ 360 އިން ރަމްޒުކޮށްދެނީ ހަމައެކަނި ފައިސާގެ އެހީގެ އިތުރުން، ވިޔަފާރީގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުވުމަށް މުއައްސަސާއިން ގެންގުޅޭ ތަސައްވުރެވެ.

މައުލޫމާތު ފޯރުކޮށްދޭ ކޮންޓެންޓާއި ހޭލުންތެރިކުރުމުގެ ކެމްޕޭންތަކާއި ރަށްރަށަށް ކުރާ ދަތުރުތަކާއި ވިޔަފާރީގެ އަމަލީ ވަސީލަތްތަކުގެ އެހީގައި، އެސްއެމްއީ 360 އިން ދަނީ ކާމިޔާބު ވިޔަފާރިއެއް ފަށައި ކުރިއަރުވައި ދެމެހެއްޓުމަށް ބޭނުންވާ މަގުޗާޓެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދެމުންނެވެ. އިނޮވޭޝަން މެދުވެރިކޮށް މާލީ އެހީތެރިކަން ހޯދުން ފަސޭހަކޮށްދިނުން އެސްއެމްއީ ޑިޖިޓަލްއިން ވަނީ ޑިޖިޓަލް އިނޮވޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކޮށްފަ އެވެ.

  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
  • ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ގުޅިގެން، އެސްއެމްއީ ޑިޖިޓަލްއިން ވަނީ އޮޓޮމޭޓެޑް ރީޕޭމަންޓް އިންޓަގްރޭޝަނެއް ތައާރަފުކޮށްފަ އެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް އެ ބޭފުޅުންގެ ބީއެމްއެލް އެކައުންޓްތައް މެދުވެރިކޮށް ސީދާ ފެސިލިޓީތަކަށް ފައިސާ ދެއްކޭނެ އެވެ. މި ކުރިއެރުމުގެ ސަބަބުން ފައިސާ ދެއްކުމުގެ މަރުހަލާ ލުއިވެ، ފަސޭހަވެ އަދި ކަސްޓަމަރުންނަށް އެ ބޭފުޅުންގެ ފައިނޭންސިން ފެސިލިޓީތައް މެނޭޖްކުރުމަށް އެހީތެރިވެދެ އެވެ.

ހިދުމަތް ދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، އެސްއެމްއީ ޑިޖިޓަލްއިން ދަނީ ފައިނޭންސިންގއަކީ ފަސޭހައިން ލިބޭ، ހަލުވި އަދި ކަސްޓަމަރުންނާ ރައްޓެހި ހިދުމަތަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

ކުރިއަށް އޮތް މުސްތަގުބަލް

މުސްތަގުބަލަށް ބަލާއިރު، އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ޝަރީއާ ހުއްދަކުރާ ފައިނޭންސިން ޕޯޓްފޯލިއޯ އިތުރަށް ހަރުދަނާކުރުމާއި ހިދުމަތްތައް ފުޅާކުރުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ހިދުމަތްތައް ހޯދުން ފަސޭހަކޮށްދީ، މުޅި ރާއްޖޭގެ ކުދި ވިޔަފާރިތަކަށް އާ ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ.

ދިވެހި އިގްތިސާދުގެ ކާމިޔާބީ ގުޅިފައިވަނީ ރާއްޖޭގެ ފަންނުވެރި ކުދި ވިޔަފާރިވެރިންގެ ކާމިޔާބީއާއެވެ. ދުނިޔޭގެ ފެންވަރުގައި އެމްއެސްއެމްއީ ދުވަސް ފާހަގަކުރާއިރު، މިއީ ކޮންމެ ކުރިއަރަމުން އަންނަ ވިޔަފާރިއެއްގެ ފަހަތުގައި ވެސް، ވިލުންތެރި އަދި އާ ހިޔާލުތައް ކުރިއަރުވައި، މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުރި ފަރުދަކު ހުރިކަން ހަނދާންކޮށްދޭ ކަމެކެވެ.

އެފަދަ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ވިޔަފާރިތަކަށް ކުރެވޭ އިންވެސްޓްމަންޓެއް ނޫނެވެ. އެއީ ވަރުގަދަ މުޖުތަމައުތަކަކަށާއި ދެމެހެއްޓެނިވި ދިރިއުޅުމަކަށާއި ރާއްޖޭގެ އުޖާލާ މުސްތަގުބަލަކަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް