ދިރާގާއި އީޒްއެޕްގެ އޮފިޝަލުން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގު އެލީޓް ކްލަބަށް އީޒްއެޕުން ޑިސްކައުންޓް ދެނީ

މި ޕާޓްނަޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒްއެޕް މެދުވެރިކޮށް %5 އިން %15އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބޭނެ
1 ގަޑިއިރު ކުރިން

ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި އީޒްއެޕް ސޮއިކޮށްފި އެވެ.

ތަފްސީލް - މި ޕާޓްނަޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒްއެޕް މެދުވެރިކޮށް %5 އިން %15އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބޭނެ އެވެ. އެގޮތުން:

  • އީޒެޕް މެދުވެރިކޮށް ވިޔަފާރިކުރާ ދިރާގު އެލީޓް ކްލަބުގެ މެންބަރުންނަށް، ޕްރޮމޯ ކޯޑް ބޭނުންކޮށްގެން ޑިސްކައުންޓް ލިބޭނެ

  • ބްލޫ އަދި ގޯލްޑް ޓިއާގެ މެންބަރުންނަށް ދުވާލަކު ދެ ފަހަރު މި ކޯޑު ބޭނުންކުރެވޭނެ

  • ޕްލެޓިނަމް ޓިއާގެ މެންބަރުންނަށް ދުވާލަކު ތިން ފަހަރާ ހަމައަށް މި ކޯޑު ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ

  • އެލީޓް ކްލަބް ކަސްޓަމަރުންނަށް ޕްރޮމޯ ކޯޑްގައި ޖެހުމަށް ބޭނުންވާ ޑިސްކައުންޓް ކޯޑު، ދިރާގު އެޕްގެ އެލީޓް ކްލަބް ޕޭޖުގައިވާ އީޒެޕް ބެނާ އިން ލިބޭނެ

އީޒްއެޕް

އީޒްއެޕަކީ ރާއްޖޭގެ ވިޔަފާރިތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެއް ޑިޖިޓަލް މަންސައަކުން ގުޅުވައިދިނުމަށް ތައާރަފުކުރި ފުރަތަމަ މަލްޓި-ސާވިސް 'ސުޕަ އެޕް' އެވެ.

އާންމު ދިރިއުޅުމުގެ ކަންކަން ލުއިފަސޭހަކޮށް، ހަލުވިކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި އެޕް މެދުވެރިކޮށް، ކާބޯތަކެއްޗާއި ގްރޯސަރީ ޑެލިވަރީގެ އިތުރުން، އެކި ހިދުމަތްތަކަށް ފަސޭހަކަމާ އެކު އެދެވޭނެ އެވެ.

މިއީ ހިދުމަތް ބޭނުންވާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާކޮށްދޭ، އިތުބާރު ހުރި ޑިޖިޓަލް މަންސައެކެވެ.

ފާހަގަކޮށްލެވޭ - ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އެ ކަސްޓަމަރުންނަށް އަގުހުރި އޮފަރތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ.

ދިރާގުން އަންނަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް