ބީއެމްއެލް އިން ހަދިޔާކުރި ވީލްޗެއާ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގަމުން އަންނަ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި އެވެ.
އެނގުން މުހިންމު - 7 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 105އަށް ވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360އަށް ވުރެ ގިނަ ވީލްޗެއާ ވަނީ ފޯރުކޮށްދީފަ އެވެ.
ތަފްސީލް - ބޭންކުން މިފަހަރު ވެސް ވަނީ އެކި ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް، މި ޕްރޮގްރާމް އިތުރަށް ފުޅާކޮށްފަ އެވެ. މިގޮތުން:
-
އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާގެ އިތުރުން، ބީއެމްއެލް އިން ވަނީ ހާއްސަ 'މެނުއަލް' ވީލްޗެއާތަކެއް ވެސް ހަދިޔާކޮށްފައި
-
އެ ވީލްޗެއާތަކަކީ އަމިއްލައަށް ހިނގާބިނގާވެ އުޅުމުގައި އާއިލާގެ ނުވަތަ އެހީތެރިންގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ވީލްޗެއާތަކެއް
ފާހަގަކޮށްލެވޭ - މި ޕްރޮގްރާމަކީ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ދުޅަހެޔޮކަމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. މީގެ މައިގަނޑު މަގުސަދަކީ މި އެހީ ލިބޭ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ކޮމެންޓް